އެޕަލް ވޮޮޗް 6: ސްމާޓް ގަޑިއަކަށް ވުރެ ބޭނުންތެރި އާލާތެއް

އަޙްމަދު ނިޔާޒް 20 ސެޕްޓެމްބަރު 2020

އެޕަލް ވޮޗް ސީރީޒް 6ގެ ގަޑިތައް ތައާރުފުކޮށްފި އެވެ. މިއީ "ސްމާޓް" ލަފުޒަށް ވުރެ ވެސް ދައުރު ފުޅާ ގަޑިތަކެކެވެ. އަތުކުރީގައި އަޅާފައި އޮންނައިރު، ވަގުތަށް އަންނަ ބަދަލުތައް ދެނެގަތުމަށް ވުރެ މި ގަޑިތަކަށް މިހާރު މުހިންމީ ގަޑި އަޅައިގެން ހުންނަ މީހާގެ ސިއްހަތެވެ. ވިންދު ބެލުން، ފިޔަވަޅު ގުޅުން އަދި ލޭގައި ހަކުރު ހުންނަ މިންވަރު، މި އާލާތްތަކުން ދެނެގަނެވެ.

އެޕަލް ގަޑި

އެޕަލް ގަޑިތައް ވަނީ ޒަމާން ފަހަނައަޅައި، ކުރިއަރައި ގޮސްފަ އެވެ. މިއީ އުފެއްދުންތެރި ކަމަށް ބެލި ނަމަވެސް، ޒަމާނީ ޓެނޮލޮޖީ އަށް އިންގިލާބެކެވެ.

އެޕަލް އަކީ ނަމަކަށް ކަމެއްކުރާ ބައެއް ނޫނެވެ. ސިއްހީ ސިނާއަތަށް އިންވެސްޓްކުރުމަށް އެޕަލް ވިސްނާފައި ވަނީ ސްމާޓް އިލެކްޓްރޯނިކްސްގެ ތެރެއިންނެވެ. ބޭނުންކުރާ މީހުންނަށް ގެންގުޅެން ފަސޭހަ ޑިވައިސްތަކެއް އުފައްދައިގެންނެވެ.

https://www.youtube.com/watch?v=Mm0NvlXdz4A

ސްމާޓް ގަޑިތައް މެދުވެރިކޮށް މާލީ ތަނަވަސްކަން ހޯދަން އެޕަލް ކުރާ މަސައްކަތްތަކުގައި ވަނީ ދުނިޔޭގެ ނިސްބަތުން ބާރުގަދަ ސިއްހީ އިދާރާތަކާ ގުޅިފަ އެވެ. ރިސާޗް އިންސްޓިޓިއުތައް އަދި ބޭސްވެރިކަމުގައި ބާރުގަދަ ހޮސްޕިޓާތަކާ ވެސް ވަނީ ގުޅިފަ އެވެ. ހޮސްޕިޓާތަކުގައި މީހުންނަށް ދޭ ފަރުވާ އަކީ ކޮބައިތޯ ބަލައި، ފަރުވާދިނުމުގައި ނުވަތަ ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެޕަލް ގަޑިތައް ބޭނުންކުރެވެން ހުރި ދާއިރާތައް ވަނީ ދެނެގަނެފަ އެވެ. މިއީ ސްމާޓް ގަޑި އުފައްދާ އެހެން އެއްވެސް ކުންފުންޏަކުން މިހާތަނަށް ކޮށްފައި ހުރި ކަމެއް ނޫނެވެ.



ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.