"ވެބް ބްރައުޒާ"ތައް ކްލައުޑްގައި ހިންގުން ބުއްދިވެރި

އަޙްމަދު ނިޔާޒް 14 ނޮވެމްބަރު 2020

ވެބް ބްރައުޒާތައް ކްލައުޑްގައި ހިންގުމަށްޓަކައި، މަސައްކަތްތައް ބީޓާ މަރުހަލާ އަށް ގެނެވިފައި ހުރި ކަމަށް ކްލައުޑްފްލެއާއިން ބުނެފި އެވެ. އަޖުމަބަލަން އެދޭ މީހުން ކިޔޫ ތަރުތީބުކުރަން ކްލައުޑްފްލެއާއިން އެދޭއިރު – ކްލައުޑްފްލެއާއިން ޚިދުމަތްހޯދާ ޓީމްތަކަށް އިސްކަން ދޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ވިޔަފާރި ކުންފުނިތަކުންނާއި ޖަމާއަތްތަކުން – މަސައްކަތްތައް އޮންލައިން އަށް ބަދަލުކުރަމުން އަންނައިރު – އެންމެ ބޮޑަށް ބަރޯސާކުރަންޖެހިފައި ވަނީ ބްރައުޒާތަކަށެވެ. ކްލައުޑްފްލެއާއިން ދޭ ނަސޭހަތަކީ، އެ ގޮތުގައި ބޭނުންހިފޭ ބްރައުޒާތައް ވަކިވަކި ކޮމްޕިޔުޓަރުތަކެއްގައި ނުހިނގުމެވެ.

ކްލައުޑްފްލެއާގެ ޑާޓާ ސެންޓަރުތައް، ގައުމުތަކުގައި – 200 އަށް ވުރެ ގިނަ ސިޓީގައި ހުރެ އެވެ. އޮންލައިން މަސައްކަތްތަކަށް ބޭނުންކުރެވޭ ބްރައުޒާތައް މުޅިން ވަކިކޮށް އެއީ ކްލައުޑްފްލެއާގެ ހިމާޔަތުގައި ދެވޭ ޚިދުމަތަކަށް ހެދުމަކީ އެންމެ ރައްކާތެރި ގޮތް ކަމަށް އެ ކުންފުނިން ބުނެ އެވެ. އެއީ ބްރައުޒާ މެދުވެރިކޮށް ވަކި ކޮމްޕިޔުޓަރަކަށް ނުވަތަ އެ ކޮމްޕިޔުޓަރެއް ހިމެނޭ ނެޓްވޯކަކަށް ހެކަރުން ދޭ ހަމަލާތަކުން – ކުންފުނީގެ މަސައްކަތްތައް ރޫޅިގެން ދިޔަ ނުދިނުމަށެވެ.

ކްލައުޑްފްލެއާގެ "ބްރައުޒާ އައިސޮލޭޝަން" ޕްރޮގްރާމަށް ތަސައްރުފުފުދޭ ބްރައުޒާތަކަކީ ގޫގުލް ކްރޯމް، މައިކްރޮސޮފްޓް އެޖް، އެޕަލް ސަފާރީ އަދި މޮޒިއްލާ ފަޔާފޮކްސް އެވެ. މި ބްރައުޒާތައް ވަނީ އެޗްޓީއެމްއެލް5 އަށް މުޅިން ބަދަލުކޮށްފަ އެވެ. އަދި މި މިންގަނޑަށް ފެތޭ އެހެން ބްރައުޒާތައް ވެސް ކްލައުޑްފްލެއާއިން ލިސްޓްކުރާނެ އެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.