ވާވޭ ސްމާޓް ކާރުތައް ޓެސްލާއާ ވާދަކުރަނީ

އަޙްމަދު ނިޔާޒް 14 ނޮވެމްބަރު 2020

އެމެރިކާ އާއި ބައިވެރިން ވާވޭ އަށް ދަތިކުރަން އަޅާފައި ހުރި ފިޔަވަޅުތަކުގެ ސަބަބުން، ސްމާޓްފޯން އުފެއްދުން ދަތި އުނދަގޫ ކަމަށް ވަނީ ވެފަ އެވެ. އެމެރިކާއިން އެދެނީ ވާވޭއިން ކުރާ ހުރިހާ ކަމަކަށް ހުރަސްއަޅައި – ކުންފުނި ވުޖޫދުން ވެސް ފޮހެލާށެވެ.

ވާވޭ އަކީ ހަމައެކަނި ސްމާޓްފޯން އުފައްދާ ކުންފުންޏެއް ނޫނެވެ. ދުނިޔޭގެ ސިނާއީ ވިޔަފާރީގައި ވާވޭ އަކީ ބަލިކުރަން ދަތި ނަމެކެވެ. އެހެން ނަމަވެސް، ބާރުގަދަހާ ގައުމަކުން އެއްކޮޅަށް އަރައި – ވާވޭ އޮބައިގެންފި ނަމަ ގާތީ ނޭވާ ހާސްވެ، ވުޖޫން ފޮހެވިގެން ދިއުމެވެ.

ދުނިޔެ އަށް 5ޖީ ތައާރުފުވެގެން އަންނައިރު، ވާވޭގެ ދައުރު ނުހަނު ބޮޑެވެ. ވާވޭ އަކީ މުވާސަލާތީ އާލާތްތައް އުފެއްދުމުގައި އެހެން ބަޔަކަށް ވާދަނުކުރެވޭ ފެންވަރުގެ ކުންފުންޏެކެވެ. އެހެން ނަމަވެސް، އެމެރިކާގެ ފިއްތުންތަކާ ހެދި – ވާވޭއާ އެކު ވިޔަފާރިކުރުން ގައުމުތަކަށް ވަނީ ބޮޑު ބިރަކަށް ވެފަ އެވެ.

ކުންފުނީގެ ޒަމާން ދުއްވާލަފާނެ ކަމަށް އޮތް ބިރާއެކު – ވާވޭ އަށް ޖެހިފައި ވަނީ – ދެމެހެއްޓެނިވި އެހެން މަސައްކަތްތަކެއްގެ ތެރެ އަށް ވަންނާށެވެ. ވާވޭ އަށް ކުރެވިދާނެ މި ފަދަ ކަމަކީ ސްމާޓް ކާރު އުފެއްދުމެވެ.

ސްމާޓް ކާރު – އެލެކްޓްރިކް ކާރު އުފެއްދުމަށް ދުނިޔެ އަށް މަސްހޫރު ޓެސްލާ އަކީ އެމެރިކާ ކުންފުންޏެކެވެ. ވާވޭ އިން މި މަސައްކަތްތަކުގެ ތެރެ އަށް ވަދެ ވިޔަފާރި ބައިކޮށްލައިފި ނަމަ އެމެރިކާއިން ލޯއަޅާނެވެ. ޓެސްލާ އަށް ވުރެ މޮޅު ކާރެއް އުފެއްދިއަ ނުދޭނެ އެވެ. އެހެން ނަމަވެސް، އެމެރިކާ އަށް ވެސް މޮޅަށް ކުޅެވޭ ވަކި ސަރަހައްދެން އޮންނަންވާނެ އެވެ.

ޓެސްލާ ކާރުތަކަށް ލޯބިކުރާ ޗައިނާ މީހުން ގިނަ އެވެ. ޗައިނާ މާކެޓަކީ ޓެސްލާ އަށް ވަރަށް މުހިންމު ވިޔަފާރިއެކެވެ. އެހެން ނަމަވެސް، ވާވޭއިން އެލެކްޓްރިކް ކާރު އުފައްދަން ފަށައިފި ނަމަ، ވާވޭ އަށް ގިނަ ބަޔަކު ސަޕޯޓްކުރާނެ އެވެ.

ވާވޭއިން ސްމާޓް ކާރު އުފައްދަން 2031 ގައި ފެށި މަސައްކަތްތައް އަދި އުޅެނީ ޓެސްޓް މަރުހަލާގަ އެވެ. މަގުތަކަކަށް އަދި ނުނެރެ އެވެ. މިއީ ވާވޭއިން ސީރިއަސްކޮށް ކުރާ މަސައްކަތެއް ނަމަ، ޓެސްލާ އަށް ޗައިނާ އުނދަގޫވާނެ އެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.