މައިކްރޮސޮފްޓް އެޖް އަށް ދޭހަކޮށްދޭން އެނގޭ އައިކަންތަކެއް

އަޙްމަދު ނިޔާޒް 18 ނޮވެމްބަރު 2020
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މައިކްރޮސޮފްޓް އަށް ކުރާނެ ކަމެއް ނެތިގެން އުޅޭ ކަހަލަ އެވެ. އެ މީހުންނަށް މިހާރު ކުރަން ފެނުނު އެންމެ މުހިންމު މަސައްކަތަކީ، އެޕްލިކޭޝަންތަކުގެ އައިކަންތައް ބަދަލުކުރުމެވެ. މި ފަހަރު މައިކްރޮސޮފްޓް އެޖް އެވެ.

މައިކްރޮސޮފްޓް އެޖްގެ ސަފުހާތަކުގައި އަދި މެނޫތަކުގައި ހުރި އައިކަންތައް މާ ބޮޑަށް ވެސް މުސްކުޅިވެއްޖެ އެވެ. އާކަން ކެނޑި ބާވީއޭ ބުނަމާ އެވެ. މައިކްރޮސޮފްޓް އިން ބުނީ – މިއީ އެ ކުންފުނީގެ ހުރިހާ ސޮފްޓްވެއާ އެޕްލިކޭޝަނެއް ރީތިކުރަން ކުރެވޭ މަސައްކަތެއް ކަމަށެވެ.

އެޖްގެ ސަފުހާތަކުގައި އަދި މެނޫތަކުގައި – މައިކްރޮސޮފްޓް އިން ބުނި ގޮތުގައި – މިފަހަރު ބޭނުންކުރާނީ، އައިކަންގެ ޒާތުގައި ކޮންމެވެސް އެއްޗެއް ބުނެދޭން އެނގޭ އައިކަންތަކެކެވެ. އެ އައިކަނެއް ފެނުމުން އެއީ ކީއްކޮށްދޭ އައިކަނެއްކަން ކޮންމެ މީހަކަށް ވެސް ދޭހަވާ ކަހަލަ އައިކަންތަކެކެވެ.

މައިކްރޮސޮފްޓް އެޖް އިން އައިކަންތައް ބަދަލުކުރާ ވާހަކަ ޚަބަރު ސުރުޚީތަކަށް އެރި ނަމަވެސް، އެއިން އައިކަނެއް ހުންނަ ގޮތެއް އަދި ނުދައްކަ އެވެ. މިސާލެއް ގޮތުގައި ވެސް އެއްޗެއް ދައްކާފައި ނެތެވެ. އެހެން ނަމަވެސް، އައިކަންތައް ހުންނާނެ ގޮތް އަންދާޒާކޮށް ބްލޮގަރުން ޝައިއުކޮށްފައި އެބަ ހުއްޓެވެ. އައިކަންތައް ބޮޑަށް ވައްތަރުކުރެވެނީ މައިކްރޮސޮފްޓްގެ އޮފީސް އެޕްލިކޭޝަންތަކުން ފެންނަ ކުރެހުންތަކާ އެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.