މަސައްކަތުގެ މައުހައުލުގެ އައު އާއްމު ހާލަތަކީ ފްލެކްސެބިލިޓީ އަދި ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ ދާއިމީ އުސޫލު ތަކެއް ކަނޑައެޅިގެން ދިއުމެވެ. ބޮޑެތި ޓެކްނޮލޮޖީ ކުންފުނި ތަކަކީ ޕެންޑެމިކް ގެ ކުރިންވެސް ރިމޯޓް ކޮށް މަސައްކަތް ކުރުމުގެ ވައްޓަފާޅިއެއް ގެންގުޅެމުން އައިސްފައިވާ ބައެކެވެ. ކޯވިޑް-19ގެ ގްލޯބަލް ޕެންޑަމިކް އަށްފަހު ރިމޯޓް ވޯކިންގް އަށް ފަހިވާނެފަދަ ގޮތަކަށް އައު އާއްމު ހަލަތު ބައްޓަން ކުރުމުގެ ފުރަތަމަ ސަފުގައި ތިބީވެސް ދުނިޔޭގެ ނަން މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި ތަކެވެ.
އެތަކެއް ސަތޭކަ ނުވަތަ އެތަކެއް ހާސް މުވައްޒަފުންގެ މައްޗައް ބިނާވެފައިވާ ޓެކް ކުންފުނިތަކުން ޒަމާނީ ޕޯސްޓް-ޕެންޑަމިކް މަސައްކަތުގެ މައުހައުލެއް ބިނާކުރުމަށް އެންމެ މުހިންމުކޮށް ކުރާ އެއްކަމަކީ ހުރިހާ މުވައްޒަފުންހެން ގެއިން މަސައްކަތް ކުރާގޮތަށް ބަދަލު ގެނައުމެވެ. މިގޮތުން ބައެއް ކުންފުނި ތަކުން އޮފީސް ތަރުތީބު ކުރެވިފައި ހުރި ގޮތަށްވެސް ބޮޑެތި ބަދަލުތަކެއް ގެންނަމުން އެބަ ގެންދެއެވެ. އަދި މަސައްކަތް ކުރާވަގުތު ކުޑަ ކުރުމާއި، ރަސްމީ މަސައްކަތް ކުރާ ދުވަސް ތަކަށްވެސް ބަދަލު ތަކެއް ގެނައުމަށް ބަޔެއް ކުންފުނި ތަކުން މަސައްކަތް ކުރަމުން އެބަ ގެންދެއެވެ. މީގެ އިތުރުން އޮފީސް މައުހައުލަށް އެންބުރި އަންނަން ޖެހޭ ހަލާތްތަކަކީ ހަމައެކަނި ޓީމް ބިލްޑިންގް ފަދަ ކަން ކަމުގައި އެކަނި ކަމަށް ހެދުމުގެ ވިސްނުން ވެސް ބަޔެއް ކުންފިނު ތަކުން ގެންގުޅެއެވެ.
ޕެންޑެމިކް އަށް ފަހު އެންމެ އަވަހަށްވެސް ގޫގަލް ގެ މުވައްޒަފުން އެނބުރި އޮފީހަށް ނުކުންނާނީ ސެޕްޓެމަބަރު މަހުގެ ތެރޭގައި އެވެ. އެހެން ނަމަވެސް ގޫގަލް އިން ރާވާފައި ވަނީ 3 ދުވަހު މަސައްކަތައް ނުކުންނަ ގޮތަށެވެ. ގޫގަލް އޮފީސް ތަކުގައި އެކުގައި ކޮލަބޮރޭޝަން މަސައްކަތް ކުރުމަށް ޙާއްސަ ތަންތަން ކަންޑަ އެޅުމަށް ރާވާފައި ވާއިރު ޓީމް ބައްދަލުވުންތައް ބޭއްވުމަށް އިމާރާތުން ބޭރުގައި ހުންނަ ބައެއް ތަންތައް ހާއްސަކުރުމަށް ވެސް ރާވާފައިވެއެވެ.
ޓްވިޓަރ ގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން ދާއިމީ ގޮތެއްގައި ވޯކް ފްރޮމް ހޯމް އިޙްތިޔާރު ކުރަން ބޭނުންވާ މުވައްޒަފުންނަށް އެފުރުސަތު ވަނީ ހުޅުވާލާފައެވެ. ޓުވިޓަރ ގެ ސީ.އީ.އޯ ޖެކްގެ ސްކޮއެރ އިންވެސް ރާވާފައި ވަނީ ހަމަ މިގޮތަށެވެ.
ފޭސްބުކް ގެ ގިނަ މުވައްޒަފުނަށް ގޭގައި ތިބެގެން މަސައްކަތް ކުރުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށް މާރކް ޒުކަބަރގް ބުނެފައިވެއެވެ.
ޑްރޮޕް ބޮކްސް އިން އަމާޒު ހިފާފައި ވަނީ އެކުންފުންޏަކީ "ވަރޗުއަލް ފަސްޓް" ކުންފުންޏެއް ގޮތުގައި ވުމަށެވެ. އޭގެ މާނަ އަކީ އެކުންފުނީގެ 3000 ވަރަކަށް މުވައްޒަފުން އާއްމު ގޮތެއްގައި މަސައްކަތް ކުރާނީ ރިމޯޓް ކޮށް ގޭގައި ތިބެގެނެވެ. އޮފީސް މައުހައުލަށް އެންބުރި އަންނަން ޖެހެނީ ކޮލަބްރޭޓިވް އަދި ޓީމް ބިލްޑިންގް މަސައްކަތްތައް ކުރުމަށް އެކަންޏެވެ. ޑްރޮޕްބޮކްސް ގެ އޮފީސް ތަކުން މުވައްޒަފުނަށް ހާާއްސަ ކޮށްފައިވާ މޭޒުތައް ނެގުމަށް ވެސް ވަނީ ރާވާފައެވެ.
ރެޑިޓް އަދި ޑިޖިޓަލް ކަރަންސީ އެކްޗޭންޖް އެއް ކަމުގައިވާ ކޮއިންބޭސް އިން ވެސް އިޙްތިޔާރު ކޮށްފައިވަނީ ޑްރޮޕްބޮކްސް ގެ މޮޑެލް އެވެ. ތަފާތަކީ އޮފީސް މައުހައުލެއްގައި މަސައްކަތް ކުރުމަށް ބޭނުންވާ މުވަޒަފުނަށް އެފުރުސަތު އޮތް ކަމެވެ. ރެޑިޓް އިން ބުނެފައި ވަނީ އެކުންފުނީގެ މުވައްޒަފުން ރިމޯޓް ކޮށް މަސައްކަތް ކުރުމަށް އިޙްތިޔާރު ކުރި ކަމުގައި ވިޔަސް މުސާރަ އާއި އިނާޔަތް ތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމެވެ.
މައިކްރޯސޮފްޓް ގެ މުވައްޒަފުންގެ މަސައްކަތުގެ ވަގުތު ތަކުގެ ދެބައި ކުޅަ އެއްބައިގައި ގެއިން މަސައްކަތް ކުރުމުގެ ފްލެކްސިބަލް އޮޕްޝަން ތަކެއް ވަނީ ދީފައެވެ.
އެޕަލް ކުންފުންޏާއި ވަޒީފާގެ ބާޒާރުގައި ނަން މަޝްހޫރު އިންޑީޑް ގެ މުވައްޒަފުން 2021 ގެ ޖުލައި އާއި ހަމަ އަށް ވެސް ގެއިން މަސައްކަތް ކުރާ ގޮތަށް ވަނީ ނިންމާފައެވެ.
އެއަރ ބީ އެން ބީ އަދި އޫބަރ ގެ މުވައްޒަފުން އޮކްޓޯބަރ އާއި ހަމަ އަށް ގޭގައި ތިބިގެން ވަޒީފާ އަދާ ކުރޭވެ އިންތިޒާމް ހަމަޖައްސާފައި ވުމުގެ އިތުރުން ގޭގައި މަސައްކަތް ކުރުމަށް ބޭނުންވާ އިކުއިޕްމަންޓް ގަތުމަށް 500 އެމެރިކާ ޑޮލަރުގެ ފައިސާގެ އިނާޔަތެއް ވެސް ވަނީ ހަމަޖައްސާފައެެވެ.
ރާއްޖެއިން ވެސް މިވަނީ ރިމޯޓް ވޯރކިންގެ އެޑްވާންޓޭޖް ވަރަށް ފުރިހަމަ އަށް ހިފައި އެކަމަށް ހާއްސް ވޯކް ފްރޮމް މޯލްޑިވްސް ޓްރެވެލް ޕެކޭޖް ތަކެއް ޓުއަރިސްޓުންނަށް ތައާރަފް ކޮށްފައެވެ. އެހެން ނަމަވެސް ރާއްޖޭގެ ކުންފުނި ތަކުން ވޯކް ފްރޮމް ހޯމް ފުރިހަމަ ގޮތުގައި ތައާރަފް ކުރުމަށް ގިނަ ކަންކަން ފަހި ކުރަން މުހިންމެވެ. އެކަމަށް ބޭނުންވާ އެންމެ ރަނގަޅު މައުހައުލައެއް ރާއްޖޭގައި ނެތޭވެސް ބުނެވިދާނެ އެވެ. އެހެން ނަމަވެސް އެއީ މުޅިން އެެހެން ލިޔުމެކެވެ.
ޓެކްނޮލޮޖީގެ ރޮނގުން 19 ވަރަކަށް އަހަރު ހިދުމަތްކޮށްފައިވާ މަލްޓިސްޕެޝަލިސްޓެއް. ލިޔުންތެރިކަމުގެ ރޮނގުން މުޅިން އާ ނުވި ނަމަވެސް ޒަމާންތަކެއް ވަންދެން ހަބަރު ލިޔުމާއި ދުރުގައި އުޅެފައި ޓެކްނިއުސް އަށް ލިޔަން ފަށާފައިވަނީ މިދާއިރާއަށް ޙާއްސަ ނޫހަކަށް ވެފައި މުހިންމު މައުލޫމާތު ތަކެއް ހިއްސާ ކުރުމުގެ ނިޔަތުގައި