މައިކްރޮސޮފްޓްގެ ޕަވަރ އެޕްސް

ޝުޖާޢަތު ރަޝީދު 11 ޖެނުއަރީ 2021

ޕަވަރ އެޕްސް

ޕަވަރ އެޕްސް އަކީ މައިކްރޮސޮފްޓްގެ އޮފީސްގެ ބައިވަރު އެޕްސް، އިތުރު ވަސީލަތްތައް، ކަނެކްޓަރސް އެކުލެވޭ ޑޭޓާ ޕްލެޓްފޯރމްއެކެވެ. ޕަވަރ އެޕްސް ބޭނުންކޮށްގެން ތަފާތު ވައްތަރުގެ ބިޒްނަސް އެޕްލިކޭޝަންސް ހަދާލެވެއެވެ. މި ބިޒްނަސް އެޕްލިކޭޝަންސްތަކަށް މަޢުލޫމާތު ނެގުމަށް އިތުރު ޑޭޓާ އެޕްލިކޭޝަންސްތަކާއި ގުޅާލެވެއެވެ.

ޕަވަރ އެޕްސް

މީގެތެރޭގައި ހިމެނޭ ބައެއް އެޕްލިކޭޝަންސްތަކަކީ ޝެއަރޕޮއިންޓް، މައިކްރޮސޮފްޓް365، ޑައިނަމިކްސް365، އެސް.ކިއު.އެލް އެވެ.

ޕަވަރ އެޕްސް ބޭނުންކޮށްގެން ހެދޭ އެޕްލިކޭޝަންސްތަކަކީ ވަރަށްގިނަ ވިޔަފާރީގެ ވިސްނުންބޭނުންކޮށް، ވިޔަފާރީތަކުގެ އޮޕަރޭޝަނަލް ވޯރކްފްލޯ އާއި ގުޅުވާލައިގެން ހަދާލެވޭ އެޕްސްތަކެކެވެ.

ޕަވަރ އެޕްސް ބޭނުންކޮށްގެން އެޕްސް ހަދާލުމަށް ޕަވަރ އެޕްސްގެ ވެބްސައިޓް ބޭނުންކޮށްލެވޭނެއެވެ.

މިވެބްސައިޓްގައި ޕަވަރ އެޕްސް ސްޓޫޑިއޯ، އެޕް ޑިޒައިނަރ، އަދި ޕަވަރ އެޕްސް ޕޯރޓަލްސް ސްޓޫޑިއޯ ބޭނުންކޮށްލެވޭނެއެވެ.

ޕަވަރ އެޕްސް ސްޓޫޑިއޯ


ޗެޓްބޮޓް - ޕަވަރ ވާރޗުައަލް އޭޖަންޓް

ޕަވަރ ވާރޗުއަލް އޭޖަންޓް އަކީ މައިކްރޮސޮފްޓްގެ އޮފީސް365 ނުވަތަ މައިކްރޮސޮފްޓް365 ޕްލެޓްފޯރމްގެ ޕަވަރ އެޕްސްގެ އެޕްލިކޭޝަންއެކެވެ. މި އެޕްލިކޭޝަން ބޭނުންކޮށްގެން ވަރަށް ވަރުގަދަ ޗެޓް ބޮޓް ހަދާލެވެއެވެ.

ޕީ.ވީ.އޭ (ޕަވަރ ވާރޗުއަލް އޭޖަންޓް) ބޭނުންކޮށްގެން ހަދާލެވޭ ޗެޓް ބޮޓް ތަކަކީ ފަސޭހަކަމާއެކީ އެއްވެސް ޑޭޓާ ސައިންޓިސްޓެއް ނުވަތަ ސޮފްޓްވެއަރ ޑެވެލޮޕަރއެއްގެ އެހީއާއި ނުލާ ހަދާލެވޭ ޗެޓް ބޮޓްތަކެކެވެ.

ޕީ.ވީ.އޭ ބޭނުންކޮށްގެން މިހާތަނައް އެކިވައްތަރުގެ ޗެޓް ބޮޓް ހަދާފައިވެއެވެ. މީގެތެރޭގައި ހިމެނެނީ:

1- ކޮވިޑް-19 އިންފެކްޝަން ރޭޓް އަދި މަޢުލޫމާތު ބަލާލެވޭ ޗެޓް ބޮޓް،

2- ސޭލްސް ހެލްޕް އަދި ސަޕޯރޓް އިޝޫސް ޗެޓް ބޮޓް،

3- ފިހާރައެއް ނުވަތަ ސްޓޯރެއް ހުޅުވާފައި ހުންނަ ވަގުތުތައް އަންގައިދޭ ޗެޓް ބޮޓް،

4- މުވައްޒިފުންގެ ސިއްޙަތު އަދި ލީވް/ވެކޭޝަންގެ މަޢުލޫމާތު ބަލާލެވޭ ޗެޓް ބޮޓް،

ޕީ.ވީ.އޭ އަކީ މައިކްރޮސޮފްޓް ޓީމްސްއާއި އެކީވެސް ބޭނުންކުރެވޭ އެޕްއެކެވެ.

ޕަވަރ ވާރޗުއަލް އޭޖަންޓްސް


ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.