އެއަރ ޕީކް އާއި އެކު ސޮނީ އިންވެސް ޑްރޯން މާކެޓްއަށް

ހުސެއިން އާރިފް 12 ޖެނުއަރީ 2021

އާޓިފިޝަލް އިންޓެލިޖެންސް އަދި ރޮބޮޓިކްސް ހިމަނާއިގެން އެޑްވެންޗަރަސް ކޮންޓެންޓް އުފައްދާ ފަރާތްތަކަށް ޚާއްސަ ކޮށްގެންް ސޮނީ ކުންފުނީގެ ފުރަތަމަ ޑްރޯން "އެއަރ ޕީކް" ސީ.އީ.އެސް.2021 ގައި ދައްކާލައިފިއެވެ.

މި އަހަރުގެ ބަހާރު މޫސުމުގައި ބާޒާރަށް ނެރުމަށް އުންމީދު ކުރާ މި ޑްރޯން އެންމެ ފުރަތަމަ ޙާއްސަ ކުރެވިފައިވަނީ ޕްރޮފެޝަނަލް ފޮޓޯ އަދި ވީޑީއޯ ގްރާފަރުންނަށެވެ.

އެންމެ ފުރަތަމަ މިދިޔަ ނޮވެމްބަރުގައި ސޮނީ އިން ޑްރޯން ޕްރޮޖެކްޓް އެއް ފަށާފައި ވާކަމަށް އިއުލާނު ކޮށްފައިވީ ނަމަވެސް، ސީ.އީ.އެސް 2021 ފަދަ ބޮޑު އިވެންޓް އެއްގައި މި ޕްރޮޖެކްޓް ދައްކާލާ އެންމެން ހައިރާން ކޮށްލުމަށް ސޮނީ އިން އެއަރ ޕީކް ގެވާހަކަ އިތުރަށް އާއްމުކޮށްފައެއް ނުވެއެވެ. އެއަރ ޕީކް ގެ މާގިނަ ތަފްސީލް ތަކާއި ސްޕެސިފިކޭޝަން އަދި އިނގިފައި ނުވިނަމަވެސް ސޮނީ އިން ބުނެފައި ވަނީ މި ޑްރޯން އަކީ ޑި.އެސް.އެލް.އާރް ނުވަތަ މިރޯލެސް ކެމެރާއެއް އަޅުވައިގެން މިވަގުތު އުދުއްސާލާ އެންމެ ކުޑަ ޑްރޯން އެވެ. އެއަރ ޕީކް ގައި ސޮނީ އަލްފާ ކެމެރާ ހަރުކޮށްގެން ސްޓޭބަލް ޑައިނަމިކް ރިމޯޓްކޮށް ފޮޓޯ އަދި ވީޑިއޯ ނަގާލެވެއެވެ. މި ކަން ޑެމޮންސްޓްރޭޓް ކުރުމަށް ސޮނީ އިން ވަނީ ވިޝަން-އެސް ގެ ރޯޑް ޓެސްޓް ގެ އޭރިއަލް ވީޑިއޯ ނަގާ މަންޒަރު ދައްކާލާފައެވެ.

https://www.youtube.com/watch?v=o_XWbHuwsfw


ހުސެއިން އާރިފް

ހުސެއިން އާރިފް

ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.