ޓެލެގްރާމް އަށް 72 ގަޑިއިރު ތެރޭ 25 މިލިއަން މީހުން ގުޅިއްޖެ

އަޙްމަދު އަޙްސަން 12 ޖެނުއަރީ 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޖެނުއަރީ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި އެކްޓިވް ކޮށް ޓެލެގްރާމް ބޭނުން ކުރާ މީހުންގެ އަދަދު 500 މިލިއަން އަށް އަރާފައި ވެއެވެ. އަދި އެއަށްފަހު ޓެލެގްރާމް ބޭނުން ކުރާ މިންވަރު މައްޗަށް ޖެހެން ފަށާފައިވެއެވެ. ވޭތުވެދިޔަ 72 ގަޑިއިރު ތެރޭ އެކަނި ވެސް 25 މިލިއަން މީހުން އަލަށް ޓެލެގްރާމް ބޭނުން ކުރަން ފަށާފައިވާ ކަމަށް ޓެލެގްރާމް ގެ ފަައުންޑަރ ޕަވެލް ޑުރޮވް އޭނާގެ ޓެލެގްރާމް ޗެނެލް ގައި ބުނެފިއެވެ.

ޓެލެގްރާމް ގެ މަޤްބޫލުކަން ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އަރައިގެން ދިޔަކަމަށް އިއުލާން ކޮށްފައިވާ މިދަނޑިވަޅަކީ ވަޓްސް އެޕް ގެ ޓަރމްސް އޮފް ކޮންޑިޝަން އަށް ގެނެވުނު ބަދަލަކާއި ގުޅިގެން އިތުރު މައުލޫމާތު ތަކެއް ވަޓްސްއެޕް އިން ފޭސްބުކް އާއި ހިއްސާ ކުރަން ފެށުމާއި އެކު ގިނަ ބައެއްގެ ނުރުހުން އިތުރުވެފައި ވަގުތެކެވެ. ޓެލެގްރާމް އަށް އަލަށް ލިބުނު ހުރިހާ ޔޫޒާސް އަކީ ވަޓްސްއެޕް އިން ޒާތީ މައުލޫމަތު ތަކާއި މެދު އަމަލުކުރާ ގޮތުން ޓެލެގްރާމް އިޙްތިޔާރު ކުރި ބަޔެއް ކަމުގައި ނުވި ނަމަވެސް އެއިގެ ތެރެއިން ގިނަ މީހުންނަކީ އެސަބަބަށްޓަކައި ބަދަލުވި މީހުން ކަމުގައި ވުން ގާތެވެ. ޑުރޮވް ގެ ޓެލެގްރާމް ޗެނަލް ގައި ބުނެފައިވާ ގޮތުން މިހާރު އެކަކުވެސް ހިދުމަތެއް ހިލޭ ހޯދުމުގެ ބޭނުމުގައި އެބައެއްގެ ޒާތީ މައުލޫމަތުތަށް ހިއްސާ ކުރާކަށް ބޭނުމެއް ނުވެއެވެ.

ޓެލެގްރާމް އަށް އަލަށް ލިބުނު ޔޫޒާސްގެ ތެރޭއިން 38 އިންސައްތަ އަކީ އޭޝިޔާ ބައްރައް ނިސްބަތްވާ މީހުންނެވެ. 27 އިންސައްތަ ހިއްސާ ކޮށްފައި ވަނީ ޔޫރަޕް އިން އަދި 21 އިންސައްތަ އަކީ ލެޓިން އެމެރިކާގެ މީހުންނެވެ.

ވަޓްސް އެޕް އާއި ފޭސްބުކްގެ ގުޅުން އިތުރުވުމުގެ ސަބަބުން ޒާތީ މައުލޫމާތުތައް ރައްކާތެރި ކުރުމަށް ބޭނުންވާ ގިނަ ބަޔަކު ވަޓްސް އެޕް ނޫން އެހެން އިންސްޓަންޓް މެސެޖިންގް ޕްލެޓްފޯރމް ތައް އިޙްތިޔާރު ކުރަން ފަށާފައިވެއެވެ. ޓެލެގްރާމް ގެ އިތުރުން، ސިގްނަލްގެ މަޤްބޫލު ކަންވެސް އިންތިހާ މައްޗަށް ޖެހިލާފައިވެއެވެ.

އަޙްމަދު އަޙްސަން

އަޙްމަދު އަޙްސަން

ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.