ސްޓާޝިޕް އެސް.އެން 9 ލޯންޗް އަދި ލޭންޑް މި ހަފްތާގެ ތެރޭގައި

ހުސެއިން އާރިފް 17 ޖެނުއަރީ 2021

މި ހަފްތާގެ ތެރޭގައި ސްޕޭސް އެކްސް ގެ އެންމެ ފަހުގެ ޖައްވީ އުޅަނދުގެ ސްޓާޝިޕް ނަމްބަރ 9 ގެ ޕްރޮޓޯޓައިޕް އެތަކެއް ހާސް އުހަށް އުދުއްސާލާފައި އެންބުރި މަޑުމަޑުން ބިމުގައި ޖެއްސުމަށް ދަނީ ތައްޔާރު ވަމުންނެވެ.

ސްޕޭސް އެކްސްގެ މި ލޯންޗް އަދި ލޭންޑިންގް ކާމިޔާބު ވެއްޖެނަމަ އުދުއްސާލީ ރޮކެޓް އަންބުރާ ލުމަށްފަހު ރަނގަޅަށް ތެދުކޮށް ދުވެލި މަޑު ކޮށްލާފައި ލޭންޑިންގް ޕެޑް ގައި ގެނެސް ބަހައްޓާލެވިއްޖެ ނަމަ މި އުކުޅު ވެގެން ދަނީ މިފަދަ ގޮތަކަށް އެންބުރި ބިމުގައި ޖައްސާ ފުރަތަމަ ޖައްވީ އުޅަނދަށެވެ.

ޖައްވީ ދަތުރު ތަކުގެ ހަރަދު ކުޑަކުރުމަށްޓަކައި ސްޕޭސް އެކް ގެ ބާނީ އީލާން މަސްކް ތަސައްވަރު ކުރަނީ ސްޓާޝިޕް ގެ ސުޕަރ ހެވީ ލޯންޗް ސިސްޓަމް މުޅިން ރީޔޫސް ކުރެވޭ އެއްޗެއްގެ ގޮތުގައި ހަދާށެވެ. މި ދަތުރު ގައި އީލަން މަސްކް ކާމިޔާބު ވެއްޖެނަމަ ޖައްވީ ދަތުރު ތަކުގެ އަގު އެތަކެއް ހާސްގުނަ ކުޑަ ކުރެވޭނެއެވެ.

ސްޕޭސް އެކްސް އިން ފުރަތަމަ ފަހަރަށް ސްޓާޝިޕް ގެ ޕްރޮޓޯޓައިޕް އެއް ލޯންޗް ކޮށްފައި ވަނީ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހުއެވެ. ސްޓާޝިޕް އެސް.އެން8 ވަނީ ކާމިޔާބު ކަމާއި އެކު އުދުއްސާލާ، އެންބުރި ބިމަށް އައުމާށް އަނބުރާލާ އިންޖީން އަލުން ސްޓާޓް ކޮށްފައި މަޑުމަޑުން ބިމަށް ތިރި ކުރުމަށް މަސައްކަތް ކޮށްފައެވެ. އެހެން ނަމަވެސް ޕްރޮޕެލަންޓް ޓޭންކް ގެ ޕްރެޝަރ ދައްވުމުގެ ސަބަބުން ލޭންޑް ކުރަން ބޭނުންވާ ސްޕީޑް ކޮންޓްރޯލް ނުވެ ލޭންޑިންގް ޕެޑް މައްޗައް ވެއްޓި ގޮވާފައެވެ. ސްޕޭސް އެކްސް އިން ގަބޫލް ކުރާ ގޮތުގައި އެއީ ވެސް ކާމިޔާބީ އެކެވެ.


ސްޓާޝިޕް އެސް.އެން8 ގެ ތަޖުރިބާ އަށް ފަހު ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށްފަހު ހަލުވި ދުވެއްޔެއްގައި ސްޓާޝިޕް އެސް.އެން9 ޓެސް ކޮށްފައި ވެއެވެ. މި ހަފްތާގެ 3 ދުވަހަކަށް އެމެރިކާގެ ފެޑެރަލް އޭވިއާޝަން އެޑްމިނިސްޓްރޭޝަން އިން ވަނީ ސްޕޭސް އެކްސް ގެ ލޯންޗް ސައިޓް ކަމުގައިވާ ބޯކާ ޗިކާ ސަރަހައްދުގެ ވައިގެ އުދުހުންތަކަށް 18 ޖެނުއަރީގައި ބަންދު ކުރުމަށް އިއުލާނު ކޮށްފައެވެ. އަދި ހަމަ އެހެންމެ ވިދިވިދިގެން އަންނަ ދެދުވަހުވެސް ބެކްއަޕް ގޮތުގައި ބަންދު ކުރުމަށް ނިންމާފައެވެ.

ސްޕޭސް އެކްސް ގެ މިލޯންޗް ޔޫޓިއުބް މެދުވެރިކޮށް ސްޕޭސް އެކްސް އިން ލައިވް ކުރާނެ ކަމަށް ބެލެވެއެވެ. އަދި ހަމަ އެންމެ ނާސާ އަދި ލެބްޕެޑްރޭ އިން ވެސް ލައިވް ކުރާނެ ކަމަށް ބެލެވެއެވެ.

ހުސެއިން އާރިފް

ހުސެއިން އާރިފް

ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.