އެމެރިކާގެ އިންތިހާބީ ރައީސް ޖޯ ބައިޑަން ގެ ރިޔާސީ ދައުރުގައި ސައިންސް އަށް ބޮޑު އަހަންމިއްޔަތު ކަމެއް ދިނުމަށްޓަކައި ރައީސް ގެ ސައިންސް އެޑްވައިޒަރ އަކީ ކެބިނެޓް ފަންތީގެ މަޤާމެއްގެ ގޮތުގައި ހަމަޖައްސަވައިފި އެވެ. ވައިޓް ހައުސް ގައި މިހާތަނަށް އަލަށް ކެބިނެޓް ލެވެލް ގައި ސައިންސް އެޑްވައިޒަރެއް ހަމަޖެއްސުމަށް ނިންމަވާފައި ވާއިރު މި މަޤާމަށް އަދި ޑައިރެކްޓަރ އޮފް ދަ އޮފީސް އޮފް ސައެންސް އެންޑް ޓެކްނޮލޮޖީ ޕޮލިސީގެ މަގާމަށް އައްޔަނު ކުރުމަށް ޖެނެޓިކްސް ސައިންޓިންސް އެރިކް ލެންޑާރ ގެ ނަން ހުށަހެޅުމަށް ބައިޑެން ނިންމަވާފައިވާކަމަށް ތަފާތު މަސްދަރު ތަކުން ވަނީ ރިޕޯރޓްކޮށްފައެވެ.
އެރިކް ލެންޑަރ މަޝްހޫރު ވެފައި ވަނީ ޑީ.އެން.އޭ ސީކުއެންސް ސެޓް ކުރުމަށްޓަކައި މަސައްކަތްކުރާ ހިއުމަން ޖީނޯމް ޕްރޮޖެކްޓް ގެ އިސް މޭސްތިރިއެއްގެ ގޮތުގައެވެ. މީގެ އިތުރުން ލެންޑަރ އަކީ އެންމެ މަޝްހޫރު ދެ ރިސާރޗް އިންސްޓިޓިއުޓް ކަމުގައިވާ އެމް.އައި.ޓީ އަދި ހާވާރޑް ގެ ފައުންޑިންގް ޑައިރެކްޓަރ އޮފް ދަ ބޯޑްގެ މެމްބަރެކެވެ. ބައިޑެންގެ ނައިބް ރައިސް ކަމުގައި ލެންޑަރ އަކީ އޮބާމާ އަށް އެޑްވައިސް ކުރުމަށް އުފައްދާފައިވާ ސައިންސް އެންޑް ޓެކްނޮލޮޖީ ރިޔާސީ ކައުންސިލް ގެ އެކްސްޓާނަލް ކޯ ޗެއަރ ގެ މަޤާމު ވެސް ފުރުއްވާފައެވެ.
ބައިޑެން ގެ ރިޔާސީ ދައުރުގެ ކުރީކޮޅުގައި އެންމެ އިސްކަމެއް ދެއްވުމަށް ނިންމަވާފައިވަނީ ކޮވިޑް-19 ޕެންޑަމިކް އިން އަރައިތަމަށް ކަމަށް ވެފައި މިދާއިރާ އިން މުހިންމު ނިންމުންތައް ނިންމުމުގައި ލައިފް އަދި ސައިންސް އެކްސްޕާރޓް އެއްގެ ލަފަޔާއި އިރުޝާދު ވަރަށް މުހިންމެވެ. ޖޯ ބައިޑަން އެރިކް ލެންޑަރ އަށް އަރުވާފައިވާ މަޤާމުގެ ފަތްކޮޅުގައިވެސް މިމޭރުމުން އިރުޝާދު ދެއްވާފައިވެއެވެ.
ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.