ޖައްވުން ފޮޓޯ ނަގާދޭ ވެބްސައިޓެއް ކެނަންއިން ތައާރަފް ކޮއްފި

ހުސެއިން އާރިފް 19 ޖެނުއަރީ 2021

ކެމެރާ އަދި ޕޮޓޮގްރަފީގެ ދާއިރާއިން އެންމެ މަތީ ފަންތީގައި ގުނާލެވޭ ޖަޕާނުގެ ކެނަން ކުންފުނިން އަލަށް އުފެއްދި ވެބްސައިޓް އެއް މެދުވެރިކޮށް ޖައްވުން ފޮޓޯ ނެގުމުގެ ފުރުސަތު ފަހިކޮށްދީފިއެވެ. ސީ.އީ.އެސް2021 ގައި އާއްމުކުރި މި ވެބްސައިޓް މެދުވެރިކޮށް ނަގާ ފޮޓޯ ތަކަކީ 2017 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ކެނަން އިން ދުނިޔޭގެ އޯބިޓް އަށް ދޫކޮށްލި ސީ.އީ-ސެޓް-1 ސެޓެލައިޓް މެދުވެރިކޮށް ނަގާ ފޮޓޮއެވެ.

ފީފާއެއް ވަރުވާ ކެނަން ގެ ސީ.އީ-ސެޓް-1 ގައި ކެނަން ޕަވަރޝޮޓް އެސް110 އަކާއި، ކެނަން އީ.އޯ.އެސް 5ޑީ މާރކް3 ޑީ.އެސް.އެލް.އާރ ކެމެރާއެއްގައި 40ސެންޓިމީޓަރުގެ ކަސޭގްރެއިން ޓައިޕް 3720މމ ޓެލެސްކޯޕް ލެންސް އެއް އަޅުވާފައިވެއެވެ. ކެނަން އިން ބުނާގޮތުގައި ދުނިޔޭގެ އޯބިޓްގެ 375 މައިލުން ފޮނުވާ ފޮޓޯ ތަކަކީ 3×2މައިލް ފްރޭމް އެއްގެ 36 އިންޗީގެ ގްރައުންޑް ރިޒޮލިއުޝަން ގައެވެ.

ވެބްސައިޓްގައިވާ ސްޕޭސް ފޮޓޯގްރަފީ އެކްސްޕީރިއެންސް ކިޔާދީފައިވަނީ އެސްޓްރޮނޯޓް މާޝާ އައިވިންސް އެވެ. ވެބްސައިޓް މެދުވެރިކޮށް ކެނަން ގެ ސެޓެލައިޓް އިން ކުރިން ނަގާފައިވާ ފޮޓޯ ތަކެއް މެދުވެރިކޮށް ހިތްޤައިމު މަންޒަރު ތަކެއް ބަލާލެވެއެވެ. މި ޕްރޮޖެކްޓް އަކީ ކެނަން އިން ކުރިއަށް ގެންދާ ސްޕޭސް ޕޮޓޯގްރަފީ އިނީޝިއޭޓިވް އެއްކޮށް ފައްކާކޮށް 2030ގެ ކުރިން ބިލިއަން ޑޮލަރު އިންވެސްޓްމަންޓް އަކާއި ދިމާލަށް ކުރާ ދަތުރުގެ އެއް ބައެވެ.

ހުސެއިން އާރިފް

ހުސެއިން އާރިފް

ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.