ޓެކްނޮލޮޖީގެ ބޮޑެތި ކުންފުނިތަކުން ޤައުމާއިބެހޭ ޚަބަރާއި އެހެން މަޢުލޫމާތުތައް ބޭނުންކުރަން ޚަރަދެއް އަދާކުރަންޖެހޭކަހަލަ ޤާނޫނެއް(ނިވްސް މީޑިއާ ބާރގެއިނިންގް ކޯޑް) އެކުލަވާލާނޭކަމަށް އޮސްޓްރޭލިއާގެ ސަރުކާރުން އަންގައިފިއެވެ.
ނިއުސް މީޑިއާ ބާގެއިނިން ކޯޑްގެ މައިގަނޑު އަމާޒަކީ ފޭސްބުކާއި ގޫގަލް އެވެ. މި ގާނޫން ލާޒިމްކުރަނީ ފޭސްބުކްގައި ޝެއާކުރާ ކޮންޓެންޓްތަކަށް -- އޮރިޖިނަލް ކޮންޓެންޓް އުފައްދާ މީޑިއާ ކުންފުންޏަކަށް ފޭސްބުކުން ފައިސާދިނުމަށެވެ.
ފޭސްބުކުން ބުނަނީ ނިއުސް މީޑިއާ ބާގެއިން ކޯޑް ގާނޫނަކަށް ހަދައި އަގުދައްކަން ލާޒިމްކޮށްފި ނަމަ އޮސްޓްރޭލިއާ ސަރަހައްދުގައި އުޅޭ އެކަކަށް ވެސް ފޭސްބުކް އަދި އިންސްޓަގްރާމްގައި އެޒާތުގެ އެކައްޗެއް ވެސް ޝެއާނުކުރެވޭނެ ކަމަށެވެ. އެބަދަލު ޕްލެޓްފޯމްތަކަށް ގެންނާނެ ކަމަށެވެ.
ގޫގަލް އަކީ ސާޗް އިންޖީނެކެވެ. ސާޗް އިންޖީން މަސައްކަތްކުރާ ގޮތަކި ހޯދާއެއްޗެއް ދެއްކުމެވެ. އެމީހަކު ހޯދަނީ ޚަބަރެއް ނުވަތަ ބޫޓު ވިއްކާ ފިހާރައެއް ނަމަވެސް، އެމީހަކު ހޯދާ ހޯދުމަކާ އެންމެ ގާތްކުރާ މައުލޫމާތުތައް ސާޗް އިންޖީނުން ދައްކައިދެ އެވެ. އޭގެ ތެރޭގައި ލިންކްތައް ވެސް ހިމެނެ އެވެ.
ނިއުސް މީޑިއާ ބާގެއިން ކޯޑްގެ ސަބަބުން ގޫގަލް އަށް އޮތް ތުރާލަކީ ސާޗް އިންޖީނުން ދައްކާ ލިންކްތަކަށް -- އެ ލިންކަކީ ޚަބަރު މީޑިއާއެއްގެ އުފެއްދުމެއް ނަމަ -- އެ ކުންފުންޏަކަށް ގޫގަލުން ފައިސާދޭން ޖެހުމެވެ. ގޫގަލުން ބުނަނީ އެ މީހުން ދައްކަނީ ލިންކްތައް ކަމަށެވެ. އޭގައި ހުންނަ ކޮންޓެންޓެއް ނުދައްކާ ކަމަށެވެ. އަދި އެ ވެބްސައިޓަކަށް ވަނުމާ ނުވަނުން އިޚުތިޔާރުކުރަނީ ސާޗްކުރާ މީހާ ކަމަށެވެ.
ގޫގަލުން ބުނަނީ ނިއުސް މީޑިއާ ބާގެއިން ކޯޑް ގާނޫނަކަށް ހަދައި އަގުދައްކަން ލާޒިމްކޮށްފި ނަމަ، އޮސްޓްރިލިޔާގައި ގޫގުލް ސާޗް ބޭނުންކުރާ އެކަކަށް ވެސް ޚަބަރު ލިންކެއް ނުދައްކާނެ ކަމަށެވެ. ގޫގަލުން އަގުދޭންޖެހޭ އެއްވެސް ލިންކެއް ނުފެންނާނެ ކަމަށެވެ.
ރޮއިޓާސް، 2021 އިން ރިޕޯރޓްކުރާގޮތުން މިއެކުލަވާލަން އުޅޭ ޤާނޫނުގައި ބުނާގޮތުން ގޫގަލް ފަދަ ކުންފުނިތަކުން ކޮމާޝަލް އެއްބަސްވުމެއް ޚަބަރާއި މީޑިއާ އުފައްދާ ކުންފުނިތަކާއި އެކީ އޮންނަން ލާޒިމްކުރެއެވެ.
ގޫގަލްގެ އޮސްޓްރޭލިއާ ރީޖަނަލް ޑިރެކްޓަރ، މެލް ސިލްވާ Mel Silva ބުނާގޮތުގައި "މި ކޯޑް ޤާނޫނެއްގޮތުގައި ފާސްކުރެވިއްޖެނަމަ، އިތުރު އިޚްތިޔާރެއް ނެތި އޮސްޓްރޭލިއާއަށް ގޫގަލް ސާރޗް ހުއްޓާލާނަން" ކަމަށެވެ.
ގޫގަލް ސާރޗްއަކީ އެތައް ޤަޢުމުތަކެއްގައި އެކި އުމުރުފުރައިގެ މީހުން ބޭނުންކުރަމުން އަންނަ ވަސީލަތެކެވެ. ލޮކޭޝަން ބޭނުންކޮށްގެން ގޫގަލް ސާރޗްގެ އެހީގައި ދަރިވަރުންނަށާއި، މުދައްރިސުން އަދި އެކި މަސައްކަތް ކުރާ މުއައްޒަފުންނަށް ވަރަށްބައިވަރު މަޢުލޫމާތު ލިބި ކޮންމެ ދުވަހަކު ދަސްކޮށްލެވެއެވެ.
ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.