މިވަގުތު މުޅި ދުނިޔޭގައި 1 ބިލިއަން އައިފޯނު ބޭނުން ކުރޭ

ޓެކު ކަލޯ 30 ޖެނުއަރީ 2021

މިވަގުތު ދުނިޔޭގައި އެކްޓިވްކޮށް ބޭނުން ކުރާ އައިފޯނުގެ އަދަދު އެއްބިލިއަނަށް އަރައިފި އެވެ. އެޕަލް ކުންފުނީގެ ސީ.އީ.އޯ ޓިމް ކުކް އެކުންފުނީގެ އަހަރީ ހިސާބު ކިތާބުތަކާއި ގުޅެ ގޮތުން ރޮއިޓަސް އާއި ވާހަކަ ދައްކަމުން ބުނެފައި ވަނީ އެކްޓިވްކޮށް ބޭނުން ކުރާ 1.65 ބިލިއަން އައި ފޯނު މިހާރު އެބަ ގެންގުޅެއެވެ. އައިފޯނެއް އެކްޓިވް ކަމުގައި އެޕަލް އިން ބަލަނީ އެ ފޯނު އެޕަލް އެޕްސްޓޯ އާއި ވޭތުވެދިޔަ ނުވަދިހަ ދުވަހުގެ ތެރޭގައި ކަނެޓް ވެފައިވާނަމައެވެ.

އެޕަލް ގެ އެއްބިލިއަން ވަނަ ފޯން ވިއްކާފައި ވަނީ 2016 ވަނަ އަހަރު އެވެ. އަދި 900 މިލިއަން އެކްޓިވް އައިފޯނު ގެންގުޅޭކަށް އެކުންފުނިން ބުނެފައި ވަނީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އެޕަލް ކުންފުނީގެ ހަބަރުތައް ދިރާސާ ކުރާ މާހިރުން އަންދާޒާ ކޮށްފައި ވަނީ 2020 ވަނަ އަހަރު ނިމޭއިރު އެޕަލް އިން 1.9 ބިލިއަން އައިފޯނު ބާޒާރުގައި ވިއްކާނެ ކަމަށެވެ. މި މޭލުގާ ހާސިލް ކުރެވުނު ކަން އަދި އެޕަލް އިން އާއްމު ކޮށްފައި ނުވެއެވެ.

އެޕަލް އިން ވަނީ 2020 ވަނަ އަހަރުގެ ފަހު ކުއާޓަރ ގައި ރިކޯޑް މިންވަރަކަށް އައިފޯން ވިއްކާފައެވެ. އެ ކުއާޓަރގައި އެޕަލް އަށް ވަނީ އައިފޯނު ވިއްކައިގެން 65 ބިލިއަން ޑޮލަރުގެ އާމްދަނީ އެއް ލިބިފައެވެ. އެހެން ނަމަވެސް ބާޒާރުގައި އައިފޯނު ވިކޭ މިންވަރު ވަނީ ވޭތުވެދިޔަ އަހަރު ތަކުގައި ދަށަށް ދާން ފަށާފައެވެ. އެހެން ކަމުން އެޕަލް އިން ދަނީ މާކެޓް ފުޅާކުރުމަށްޓަކައި ތަފާތު އިތުރު މަސައްކަތް ތަކެއް ކުރަމުންނެވެ.


ޓެކު ކަލޯ

ޓެކު ކަލޯ

ޙެއްވާ މަޖާ ވައިރަލް ހަބަރު ތަކާއި އެކު ހޮޅުއަޓަށް ދިރުން ގެނައުމަކީ ލިބޭ ބޮޑު ހިތްހަމަ ޖެހުމެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.