އިނޯޕްރިނިއަރސް 2021 ގެ ގަދަ 100 ގައި ދިވެހި 2 ސްޓަރޓްއަޕް

ޓެކް އެޑިޓަރ 03 ފެބްރުއަރީ 2021

އިންޑިޔާގައި ސްޓާރޓްއަޕް ތަކަށް އެހީ އެއް ކަމުގައިވާ ލެމަން އައިޑިއާސް އިން އިންތިޒާމް ކޮށްގެން ހިންގާ ސްޓާޓްއަޕް ކޮންޓެސްޓް އިނޯޕްރިނިއަރސް 2021 ގައި ސޯރޓްލިސް ކުރެވުނު 100 ސްޓާޓްއަޕް ތެރޭގައި ދިވެހި ދެ ސްޓާޓްއަޕް ސްޕްލައި ޕްލެޓްފޯރމް އަދި އިންސްޓިޓިއުޓް އޮފް ޔޯގާ ސެންޓަރ ހިމެނިއްޖެއެވެ. ސައުތް އޭޝިޔާ ސަރަހައްދުން 500 އެތަކެއް ސްޓާޓްއަޕް ބައިވެރިވި މި މުބާރާތުގައި 7.5 ލައްކަ އިންޑިޔާ ރުޕީސް (އެއްލައްކަ ފަންސާސް ހާސް ދިވެހި ރުފިޔާ) ގެ އިނާމް ހުށަހަޅާފައިވާ އިރު ފަންޑިންގް ސަޕޯރޓް ގެ ގޮތުގައި 1 ކްރޯޑް އިންޑީއާ ރުޕީސް (2 މިލިއަން ދިވެހި ރުފިޔާ) ހުށަހަޅާފައިވެސް ވެއެވެ.

ދިވެހިރާއްޖޭގެ 18 ސްޓާޓްއަޕް އެއް އިނޯ ޕްރިނިއަރސް 2021 ގައި ބައިވެރިވެފައިވާއިރު އޭގެ ތެރެއިން 2 ސްޓާޓްއަޕް އެއް މިވަނީ ގަދަ 100ގެ ލިސްޓް އިން ޖާގަ ކަށަވަރުކޮށްފައެވެ. މީގެ އިތުރުންވެސް އިތުރު 2 ސްޓާޓްއަޕް އެއް މި ލިސްޓް އިން ޖާގަ އެއް ލިބުމަށް ވެއިޓް ލިސްޓް ކުރެވި ލެމަން އައިޑިއާސް އިން ދަނީ އިތުރަށް ދިރާސާކުރަމުންނެވެ.

އިނޯޕްރިނިއަރސް ގެ ޕާރޓްނަރުންގެ ގޮތުގައި އިންޑިޔާ އަދި މުޅި ސައުތް އޭޝިޔާއިން 150 އަށް ވުރެއް ގިނަ އިންކިއުބޭޓަރސް، ފަންޑިންގް ހައުސްތަކާއި، އިކޯސިސްޓަމް އޯގަނައިޒަރުން ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި ލީޑް އިންޓަނޭޝަނަލް ޕާރޓްނަރެއްގެގޮތުގައި ސްޕާރކް ހަބް އަދި ވިމެން އިން ޓެކް މޯލްޑިވްސް ބައިވެރިވެފައި ވެއެވެ. އަދި އެކި ސްޓާޓްއަޕްތަކުން ހުށަހެޅި ޕިޗް އިވެލުއޭޓް ކުރުމަށްޓަކައި ހުސެއިން ޖިނާން، ނަސްރުﷲ އަދުނާން އަދި ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ފަނޑިޔާރުންގެ ގޮތުގައި ބައިވެރިވެފައި ވެއެވެ.



އިނޯޕްރިނިއަރސް ގެ ގަދަ 100 ގައި ހިމެނުނު ސްޓާޓްއަޕް ތައް ޕްރީފައިނަލް އަދި ގްރޭންޑް ފައިނަލް އަށް ދިއުމުގެ ކުރިން މިހާރު ވަނީ ތަމްރީންތައް ފަށާފައެއެވެ. ވަނަ ތަކަށް ދާފަރާތްތަކަށް ލިބޭ ފައިސާގެ އިނާމު ތަކުގެ އިތުރުން މެންޓަރޝިޕް ގެ ފުރުސަތު ތަކާއި، އިންކިއުބޭޝަން އަދި ނެޓްވޯރކިންގް ފުރުސަތުތައް ފަހިވެގެން ދާނެއެވެ.


ޓެކް އެޑިޓަރ

ޓެކް އެޑިޓަރ

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް. ދިވެހިރާއްޖޭގައި ޓެކްނޮލޮޖީ، ސައެންސް އަދި ސްޕޭސް އަށް ހާއްސަކޮށްގެން ނެރެވޭ ފުރަތަމަ ނޫސް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.