އޭ.އައި ކެމެރާތަކުން ޖާސޫސްކުރާކަމުގެ ޙުކުމެއް އެމޭޒަންއަށް

ޝުޖާޢަތު ރަޝީދު 05 ފެބްރުއަރީ 2021

އެމޭޒަންގެ ޑެލިވަރީ ވޭންތަކުގައި ބަހައްޓާފައިވާ އާރޓިފިޝަލް އިންޓަލިޖަންސް ކެމެރާތަކުގެ އެހީގައި ޖާސޫސްކުރާކަމުގެ ތުޙުމަތު އެމޭޒަންގެ މައްޗައް ފާރމްއަކުން ކޮށްފިއެވެ.

ބީ.ބީ.ސީއަށް ދިން ނޫސް ބަޔާނުގައި އެމޭޒަންއިން ބުނަނީ އިސްތިސްމާރުކުރެވިގެން ބެހެއްޓިފައިވާ މިކެމެރާތަކުގެ ބޭނުމަކީ ޑެލިވަރީކުރާ ބައިވެރިންނަށާއި މުއައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމައް ބެހެއްޓިފައިވާ ކެމެރާތަކެއްކަމަށެވެ. އަދި މިކެމެރާތަކުގެ އެހީގައި ޑެލިވަރީތަކާއިބެހޭ މައުލޫމާތުވެސް ވޭންތައް ދުއްވާމީހުންނައް ފޯރުކޮށްދޭކަމަށެވެ.

އެމެރިކާގެތެރޭގައި އެމޭޒަންއިން ކުރާ ޑެލިވަރީތަކުގައި ބޭނުންކުރާ ވޭންތަކުގައި ކެމެރާތައް ހަރުކުރަމުންދަނީ ވެހިކަލްތައް ދުއްވާ މީހުންގެ ލާސްޓް މައިލް ސޭފްޓީއެއް ގޮތުގައިކަމަށް އެމޭޒަންގެ ސީނިއަރ މެނޭޖަރެއް ވީޑިއޯއެއްގެ ޒަރިއްޔާއިން ބުނެފައިވެއެވެ.

ޑްރައިވެރީ ނަމަކައްކިޔާ މިސިސްޓަމް ޑިޒައިންކޮށްފައިވަނީ ކެލިފޯރނިއާގެ ޓްރާންސްޕޮޓޭޝަން ސްޓާރޓްއަޕް ކުންފުންޔަކުންނެވެ.

ނެޓްރަޑީންއިން ޑިޒައިންކޮށްފައިވާ މިކެމެރާއަކީ ވީޑިއޯ އަދި އޭ.އައި (އާރޓިފިޝަލް އިންޓަލިޖަންސް) ހިމަނައިގެން އުފައްދާފައިވާ ކެމެރާއެކެވެ.

ޑްރައިވެރީ ސިސްޓަމްގައި 04 ހައި ޑެފިނިޝަން ކެމެރާވެއެވެ. މިކެމެރާތަކުން ޑެލިވަރީ ވޭންތައް ދުއްވާމީހުންގެ ރަނގަޅު ގޮތްތަކާއި، ނޭދެވޭ ނުރަނގަޅު ގޮތްތައް ދެނެގަނެއެވެ.

ޑެލިވަރީ ވޭންތައް ދުއްވާ މީހުންގެ ނުތަނަސްވުމާއި ޙިޔާލުތައް މި ކެމެރާތަކާއި ބެހޭގޮތުންވަނީވެސް ލިބިފައެވެ.

މިގޮތައް މުއައްޒަފުން ބެލުމުން މިކަމުގައި އެމީހުންގެ އަމިއްލަ ނުފެންނަންޖެހޭ ކަންތައްތައް ފެންނާނެކަމަށާއި އަދި އެމޭޒަންއިން މުއައްޒަފުންނާއި ދޭތެރޭކުރާ އިތުބާރު ނެތްކަމަށް ގިނަ މުއައްޒިފުން ގަބޫލުކުރެއެވެ.

މިހަފްތާތެރޭގައި އެމޭޒަންއިން ބައެއް ޑްރައިވަރުންނަށް މަކަރުހަދައިފައިވާކަމަށް ތަންފީޛުކުރެވިފައިވާ މި ޙުކުމް ހަމަޖެއްސުމައްވަނީ އެއްބަސްވެފައެވެ. ޔޫ.އެސް ފެޑެރަލް ޓްރޭޑް ކޮމިޝަންއަށް، މިއެއްބަސްވުމުގެ ދަށުން އެމޭޒަންއިން ގާތްގަނޑަކަށް 62$ މިލިއަން ޔޫ.އެސް ޑޮލަރު ދޭނެކަމަށް ހަމަޖެހިފައިވެއެވެ.


ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.