ކުރިން ސްޕޮޓިފައި ނުލިބޭ އައު +80 ސަރަހައްދަކަށް ސްޕޮޓިފައިގެ ޚިދުމަތް ލިބޭގޮތަށް ހުޅުވާލާނެކަމަށް އިޢުލާނުކޮށްފިއެވެ. ހޯމަ ދުވަހު ސްޕޮޓިފައިގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ހާމަކޮށްފައިވާ ގޮތުގައި އޭޝިޔާ، އެފްރިކާ، ކެރީބިއަން، ލެޓިން އެމެރިކާ އަދި ޔޫރަޕްގެ ސަރަހައްދުތަކެއްގައި ހިމެނޭ 80 އަށް ވުރެ ގިނަ ގައުމަކަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހުޅުވާލާނެއެވެ. މިބަދަލާއެކު 1 ބިލިއަނަށް ވުރެ ބޮޑު މާކެޓަކަށް ސްޕޮޓިފައި ހުޅުވޭނެއެވެ. މިއިީ ސްޕޮޓިފައި އިން މިހާފުޅާކޮށް ހުޅުވާލާ އެންމެ ފުރަތަމަ ފަހަރެވެ. މިބަދަލާއެކު ޖުމްލަ 180 އަށް ވުރެ ގިނަ ގައުމުގައި ސްޕޮޓިފައި ލިބޭނެއެވެ. ސްޕޮޓިފައި ހުޅުވާލެވޭ ގައުމުތަކުގެ ލިސްޓްގައި ރާއްޖެވެސް ހިމެނެއެވެ.
މީގެ އިތުރުން އައު 36 ބަހަކުން ސްޕޮޓިފައި ލިބޭނޭކަމަށްވެސް އެފަރާތުން ހާމަކޮށްފައިވެއެވެ. އޭގެތެރޭގައި ހިންދީބަހާއި، ރޮމޭނިއަން ބަހާއި ސްވާހިލީ ހިމެނެއެވެ. މިބަދަލާއެކު ޖުމްލަ 60 އަށް ވުރެ ގިނަ ބަހަކުން ސްޕޮޓިފައި ލިބޭގޮތަށް ހަމަޖެހޭނެއެވެ.
ސްޕޮޓިފައި އަކީ އޮކްޓޯބަރ 2008 އިން ފެށިގެން ހިނގަމުން އަންނަ ޑިޖިޓަލް އޯޑިއޯ ސްޓީމިންގ އަދި މީޑިއާ ސަރވިސް ޕްލެޓްފޯމެކެވެ. ސްވިޑްންއަށް ނިސްބަތްވާ މި ޕްލެޓްފޯމަކީ ޑިޖިޓަލް ކޮޕީރައިޓް ރިސްޓްރިކްޝަންނާއެކު، ރެކޯޑްކޮށްފައިވާ މިޔުޒިކާއި ޕޮޑްކާސްޓް ގެނެސްދޭ ޕްލެޓްފޯމެކެވެ. އެންމެ ފަހުގެ ނަންބަރުތަކަށް ބަލައިފިނަމަ 70 މިލިއަނަށްވުރެ ގިނަ ލަވަ މިޕްލެޓްފޯމްގައި ހިމެނެއެވެ. ވިންޑޯޒް، މެކް އޯސެސް، ލިނަކްސް، އައިއޯއެސް އަދި އެންޑްރޮއިޑް ޕްލެޓްފޯމްތަކުގައި ވެސް ސްޕޮޓިފައި ބޭނުންކުރެވެއެވެ. މީގެ އިތުރުން އަރޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރާ އެމޭޒަން އެކޯ އަދި ގޫލް ހޯމް ފަދަ ސްމާޓް ސްޕީކަރުތަކުގައި ވެސް ބޭނުންކުރެއެވެ. ޑިސެމްބަރ 2020 ގެ ޑޭޓާއަށް ބަލައިފިނަމަ ސްޕޮޓިފައި ބޭނުންކުރާ 345 މިލިއަން އެކްޓިވް ޔޫސަރސް އުޅެއެވެ. މީގެ ތެރެއިން 155 މިލިއަން ފަރާތަކީ ޕްރީމިއަމް ސަރވިސްތައް ބޭނުންކުރާ ފަރާތްތަކެވެ. ސްޕޮޓިފައިއިން ހިލޭ އަދި ޕްރީމިއަމް ސަރވިސަސްތަކެއް ފޯރުކޮށްދެއެވެ. ސްޕޮޓިފައި އިން ބުނި ގޮތުގައި މިހާރުވެސް ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް %50 އަށް ސްޕޮޓިފައި ލިބެއެވެ.
އަލަށް މިސަރވިސް ލިބެން ހަމަޖެހިފައިވާ ގައުމުތަކަށް ވެސް ހިލޭ ސައިންއަޕް ކުރުމުގެ ފުރުސަތު ލިބޭނެއެވެ. އަދި ފައިސާ ދައްކައިގެން ގަނެވޭނެ އިތުރު ޕްލޭންތައް ވެސް ހިމެނޭނެއެވެ. ބައެއް ގައުމުތަކުގައި އިންޑިވިޑުއަލް، ފެމިލީ ނުވަތަ ސްޓުޑެންޓް ޕްލޭނެ ވެސް ނެގޭނެ ކަމަށް އެފަރާތުން ބުނެއެވެ. މިހާރުވެސް ސްޕޮޓިފައިގައި ހިމެނޭ މިޔުޒިކް ކެޓެލޮގް އިން މިޔުޒިކް ހޯދާ އަޑުއެހޭނެ ކަމަށް ސްޕޮޓިފައި އިން ބުނެއެވެ. މީގެ އިތުރުން ކެޓަލޮގް އިތުރަށް މުއްސަނދި ކުރުމަށްޓަކައި އެގައުމުތަކުގެ ލޯކަލް އާޓިސްޓުންގެ ރައިޓްސްއާއި އެކު ލޯކަލް މިޔުޒިކްގެ އަދަދު އިތުރުކުރުމަށް ގަސްދުކުރެއެވެ. އަދި ލޯންޗުކުރާއިރު ގިނަ ސަރަހައްދުތަކަށް މުޅި ޕޮޑްކާސްޓް ކެޓަލޮގް ވެސް ލިބޭނެއެވެ.
ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް