މާފުށިވަރު ރިސޯޓުން މޯބައިލް އެޕްލިކޭޝަނެއް ތައާރަފްކޮށްފި

ޓެކް އެޑިޓަރ 15 ފެބްރުއަރީ 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މާފުށިވަރު ރިސޯޓުން ވަނީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެ ރިސޯޓުގެ ރަސްމީ މޯބައިލް އެޕްލިކޭޝަން ތައާރަފްކޮށްފައިއެވެ. އެގޮތުން މި އެޕްލިކޭޝަން މެދުވެރިކޮށް އެރަށުގެ ހިތްގައިމު މާހައުލުގައި ޗުއްޓީ ހޭދަކޮށްލުމަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ތަފާތުއެތަކެއް ހިދުމަތްތަކެއް ލިބިގެންދާނެއެވެ. މި އެޕްލިކޭޝަނަކީ ބޭޏުންކޮށްލަން ފަސޭހަ އަދި އެންޑްރޮއިޑް އާއި އައިއޯއެސް ސްޓޯތަަކުންވެސް ޑައުންލޯޑުކޮށްލެވޭނެ އެޕްލިކޭޝަނެކެވެ. މިއެޕްލިކޭޝަން ޑައުންލޯޑް ކުރުމަށްފަހު ނަމާއި އީމެއިލް އެޑްރެސް ލިޔެލުމުން ފަސޭހަކަމާއިއެކު ފަތުރެވެރިންނަށް މި އެޕްލިކޭޝަނަށް ލޮގިންވެވޭނެއެވެ.

މި އެޕްލިކޭޝަނަށް ލޮގިންވުމާއިއެކު ފަތުރުވެރިންނަށް ރިސޯޓަށް އައުމުގެ ކުރިން އަދި ރިސޯޓުގައި ލިބެެންހުރި ހިދުމަތްތަށް ފަސޭހަކަމާއިއެކު ބަލާލެވޭނެއެވެ. މީގެއިތުރުން މި އެޕްލިކޭޝަން މެދުވެރިކޮށް ރިސޯޓްގެ އެކި ވަސީލަތްތަކުގެ ފޮޓޯތަށް ބަލާލުމާއި، ރިސޯޓުގެ އެކިއެކި ތަންތަނަށް ގުޅޭނެ ފޯނު ނަންބަރުތަކާއި، މޫސުން ލަފާކުރާގޮތް ފަތުރުވެރިންނަށް ބަލާލެވޭނއެވެ. އަދި ހަމައެއާއެކު ކެއުންބުއިމުގެ ހިދުމަތްތަކާއި ބެހޭމައުލޫމާތާއި، ރިސޯޓައި ބެހޭ މައުލޫމާތު، މުހިން ދެންނެވުންތަށް އަދި ރިސޯޓުގެ ވެބްސައިޓްގައި ހިމެނިފައިވާ ހާއްސަ ޕެކޭޖްްތަށްވެސް މި އެޕްލިކޭޝަނުން ބަލާލެވޭނެއެވެ. ހަމައެއާއިއެކު މި އެޕްލިކޭޝަން މެދުވެރިކޮށް 24 ގަޑިއިރު ރިސެޕްޝަން އިން މައުލޫމާތު ސާފުކޮށްލެވޭނެއެވެ.

މާފުށިވަރު ރިސޯޓުގެ އެޕްލިިކޭޝަންގެ ތަފާތު ސްކްރީންތައް

މާފުޝިވަރު ރިސޯޓުން ތައާރަފްކުރި މި އެޕްލިކޭޝަންގެ އެންމެ ފާހަނގަކޮށްލެވޭ އެއްކަމަކީ މިއެޕްލިކޭޝަންގެ ޑައިރެކްޓްރީ ޕޭޖު މެދުވެރިކޮށް ލިބިގެންދާ ކޮވިޑް-19 އެލާޓް ތަކެވެ. އެގޮތުން ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާއި އުސޫލުތަށް މި އެޕްލިކޭޝަން މެދުވެރޮށް ބަލާލެވޭނެއެވެ. އަދި ރިސޯޓުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންނަށް މި އެޕްލިކޭޝަން މެދުވެރިކޮށް ހިލޭ ކޮވިޑް-19 ގެ ޕީސީއާރު ޓެސްޓް ހެއްދުމާއި ބެހޭ މައުލޫމާތު އަދި ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ބޭރުމީހުން ފުރަންޖެހޭ ހެލްތް ފޯމްގެ އޮންލައިން ލިންކް ލިބޭނެއެވެ.

ޓެކް އެޑިޓަރ

ޓެކް އެޑިޓަރ

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް. ދިވެހިރާއްޖޭގައި ޓެކްނޮލޮޖީ، ސައެންސް އަދި ސްޕޭސް އަށް ހާއްސަކޮށްގެން ނެރެވޭ ފުރަތަމަ ނޫސް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.