ގޫގަލްގެ އޭ.އައި އެތިކްސް ފައުންޑަރ ވަޒީފާއިން ވަކިކޮށްފި

ޝުޖާޢަތު ރަޝީދު 20 ފެބްރުއަރީ 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ގޫގަލްގެ އާރޓިފިޝަލް އިންޓަލިޖަންސް އެތިކްސް ޔުނިޓް ހިންގުމާއި ހަވާލުވެ އަދި ކޯ-ފައުންޑަރއެއްގެ މަގާމުގައި ހުންނެވި މާގަރެޓް މިޝެލް ވަޒީފާއިން ވަކިކޮށްފިއެވެ.

ރޮއިޓާސް 2021 އިން ޙަބަރުދޭ ގޮތުގައި މާގަރެޓް މިޝެލް ވަޒީފާއިން ވަކިކޮށްފައިވަނީ އޭނާ ކުންފުންޔާއި ގުޅުންހުރި މުހިންމު މަޢުލޫމާތު އަދި އެކި ފަތްފުށްތައް ކުންފުނިން ބޭރުކޮށްފައިވާކަން ހާމަވުމުންނެވެ.

ގޫގަލްގެ އެތިކްސް ޔުނިޓްއިން ޑިސެންބަރު 2020 އިން ފެށިގެންދަނީ އާންމުންގެ ފާޑުކިޔުންތަކާއި ކުރިމަތިލަމުންނެވެ.

މާގަރެޓް މިޝެލްއަކީ ގޫގަލް ހިންގާގޮތާއި އަދި ކުރަމުންދާ ކަންތައްތަކަށް ވަރަށް އާއްމުކޮށް ފާޑުކިޔަމުންދިޔަ މީހެކެވެ. އަދި ޑރ.ގެބްރު (މަތީ މަގާމެއްގައި އާރޓިފިޝަލް އިންޓަލިޖަންސް ދިރާސާރަމުންދިޔަ މީހެއް) ގޫގަލްއިން ވަކިކުރުމާއި ގުޅިގެން އެކަމާވެސް ވަރަށް ނުރުހުން ފާޅުކުރަމުންދިޔަ މީހެކެވެ.

މާގަރެޓް މިޝެލްގެ ޓްވީޓް، ޓްވިޓަރ 2021

ޑރ.ގެބްރު ޙަބަރުތަކަށް މަޢުލޫމާތުންދިން ގޮތުންނަމަ، އޭނާ ގޫގަލްއިން ވަކިކުރީ ގޫގަލްގެ އެތެރޭގެ މުޢާމަލާތަކަށް ވަކި އާންމު ގުރޫޕަކަށް ވަކި ގޮތަކަށް ގޫގަލްއިން ކަންތައްތައް ކުރާކަމަށް ފާހަގަކޮށް އީމެއިލްއެއް ކުރުމުންނެވެ. ނަމަވެސް ގޫގަލްއިން މި ޙަބަރުވަނީ ދޮގުކޮށް، ޑރ.ގެބްރު އަމިއްލަޔަށް އިސްތިއުފާ ދިންކަމަށް ބުނެފައެވެ.

މިކަންތަކާއި ގުޅޭގޮތުން ސައިންސްވެރިންގެ ކޮމިއުނިޓީ ގުރޫޕްތަކުގައި ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުން ކުރާ ދިރާސާތަކާއިމެދު ސުވާލު އުފައްދަންވަނީ ފަށާފައެވެ.

ތަފާތު ޤައުމުތަކުގެ، ދީންތަކުގެ ނުވަތަ ދަރިކޮޅުގެ މީހުން ގޫގަލްގެ ވަޒީފާތަކުގައި ނޫޅޭކަން ފާހަގަކޮށް ވަރަށް ގިނަ އާންމުން އަދި އެހެނިހެން މީހުންވެސްވަނީ މިކަމާއި ގުޅިގެން ފާޑުކިޔުންތައް ފާޅުކޮށްފައެވެ.

މިއާއި އެއްފަދައިން ގޫގަލްއިން ކުރަމުން އަންނަ އޭ.އައި ޓެކްނޮލޮޖީ މަސައްކަތްތަކާއި ގުޅޭގޮތުންވެސް ކުންފުންޔަށް ނުހަނު ގިނަ އަދަދެއްގެ ފާޑުކިޔުންތަކާއި ކުރިމަތިލާން ވަނީ ޖެހިފައެވެ.




ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.