ޕްލޭސްޓޭޝަން 5 – މަހުޖަނުން ވެސް ކޮށިއަރާ ވަރު އަގެއްގައި

ޔޫސުފް ރަޝީދު 20 ފެބްރުއަރީ 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މިއީ ސޮނީ ޕްލޭސްޓޭޝަން 5 އެވެ. އެހެރީ ރަނުން ޖަރީކޮށްފަ އެވެ. ބަލާލަން ރީތި ނޫނަސް، މިޒާތުގެ ޑިވައިސްތައް ހޮބީއަށް އެއްކުރާ މީހުންނަށް މިއޮތީ ރަނުގެ ފުރުސަތެކެވެ.

ޕްލޭސްޓޭޝަން 5 އަށް މި ބަދަލު ގެނެސްފައި ވަނީ "ކަވިއާ"އިންނެވެ. ރަޝިއާއަށް މުގޫ ފޯރާފައި އޮތް މި ގުރޫޕްގެ މަސައްކަތްތަކީ ޕްރީމިއަމް ޑިވައިސްތައް އަދި އެއަށް ވުރެ ވެސް އަގުބޮޑުކުރުމެވެ. ކަވިއާ އިން މީގެ ކުރިން ވެސް ވަނީ އައިފޯން އަދި ގެލަކްސީ ނޯޓް ފަދަ އަގުބޮޑު ސްމާޓްފޯންތައް ވެސް ޖަރީކޮށްފަ އެވެ.

ޕްލޭސްޓޭޝަން 5 އަކީ ބާރުގަދަ ވީޑިއޯ ގެމް ކޮންސޯލެކެވެ. އަގުވެސް އެހާ ބޮޑެވެ. ޑިސްކް ވާޝަންއެއް ލިބޭ އަގު 13،000 ރުފިޔާ ފަހައަޅަ އެވެ. މިބުނީ މިއަގަށް ލިބޭ ފާހަކައެއް ނޫނެވެ. އެހެންކަމުން، ރަނުން ޖަރީކުރީމާ އަގު އުފުލޭނެ ވަރު ވިސްނާލާށެވެ. ރަނގަޅެވެ. ވަރަށް ބޮޑުތަން ބޮޑެވެ. އަގަކީ ގާތްގަނޑަކަށް 500،000 ޑޮލަރެވެ. އެކަމަކު މުޅި ތޮށިގަނޑު އެހެރީ ރަނުންނެވެ.

ރަނުން ޖަރީކޮށްފައި ހުރި މި ކޮންސޯލަކީ ޕްލޭސްޓޭޝަން 5، ޑިޖިޓަލް އެޑިޝަނެވެ. މާނައަކީ ޑިސްކް ބޭނުންނުކުރެވޭނެ ކަމެވެ. ކުޅެން ބޭނުންވާ ގޭމްތައް ޖެހޭނީ ޑައުންލޯޑްކުރާށެވެ.

ޕްލޭސްޓޭޝަން 5 ގޯލްޑް އެޑިޝަން، މި އަގުގައި ވިއްކަން އުފައްދާފައި ވަނީ އެންމެ ނުވަ ޔުނިޓެވެ. މިއިން ކޮންސޯލެއް މަހުޖަނަކު ގަތް ނަމަވެސް ވިސްނާނެ ކަމެއް ނެތެވެ. އެއީ ގޭމްކުޅޭކަށް ނޫނެވެ. މީޓިން ރޫންގައި ރީއްޗަކަށް ބަހައްޓާށެވެ. އިންވެސްޓަރުން ސޮނިވެއްޓޭނީ އޭޜުންނެވެ.

ތިޔައީ ޕްލޭސްޓޭޝަނުން ގޭމްކުޅެން ދެވިހިފާފައި ހުރި މީހެއް ނަމަ މިއަދަދު އެއްގޮތަކަށް ވެސް ކަމަކުނުދާނެ އެވެ. ކަވިއާ އިން ކާބަން މޮޑެލްތައް ވެސް އުފައްދާފައި އެބަ ހުއްޓެވެ. ޑުއަލްސެންސް ކޮންޓްރޯލާއާ އެކު އެވެ. ވަރަށް ބޮޑުތަން އަގުހެވެވެ. ގާތްގަނޑަކަށް 5،830 ޑޮލަރެވެ. ބަލާލާކަށް ބޭނުމެއް ނޫން ހެއްޔެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.