އިންޑިއާގެ ކުންފުންޏަކުން އަގުހެޔޮ ލެޕްޓޮޕެއް އުފައްދަނީ

އިސްމާއިލް އަލީ 06 މާރިޗު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

2016 ވަނަ އަހަރު އުފެދުނު ރެލިއަންސް ޖިއޯ އަކީ މިހާރު އެގައުމުގެ އެންމެ ބޮޑު އެއް ޓެލެކޮމް ކުންފުންޏެވެ. އަދި މިކުންފުނިން ވަނީ ދުނިޔޭގެ އެންމެ އަގުހެޔޮ ޑޭޓާ ޕެކޭޖްތަކުގެ ތެރޭގައި ގުނާލެވޭ ޑޭޓާ ޕެކޭޖްތަކުގެ އެހީގައި ތަފާތު އެކިއެކި ޑިޖިޓަލް ހިދުމަތްތައް ތައާރަފްކުރުމަށް އެހީތެރިވެފައިއެވެ. މީގެ އިތުރުން މިކުންފުނިން އަންނަނީ އެކުންފުނީގެ ވިޔަފާރި ފުޅާކުރުމުގެ ގޮތުން 5ޖީ ފޯނާއި ވާޗުއަލް ރިއާލިޓީ އައިނު އުފެއްދުމުގެ މަސައްކަތްވެސް ކުރަމުންނެވެ. މީގެ އިތުރުން މިކުންފުނިން އަންނަނީ ކުއަލްކޮމް ޕްރޮސެސަރ އެއް ހިމެނޭގޮތަށް އަގުހެޔޮ އެންޑްރޮއިޑް ލެޕްޓޮޕެއް އުފެއްދުމަށް މަސައްކަތްކުރަމުންނެވެ.

އެކްސް.ޑީ.އޭ ޑިވެލޮޕާޒް އިން ރިޕޯޓް ކުރާގޮތުގައި ޖިއޯބުކް ގެ ނަމުގައި އުފައްދާ ލެޕްޓޮޕް ރެލިއަންސް ޖިއޯއިން މިއަހަރުގެ ފަހުކޮޅު އާންމު ކުރާނެއެވެ. އަދި މިލެޕްޓޮޕްގައި ގޫގުލްގެ ކްރޯމް އޯއެސް ބޭނުންކުރުމުގެ ބަދަލުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ޖިއޯ އޯއެސް ނަމުގައި އެންޑްރޮއިޑް 10 މެދުވެރިކޮށް އުފައްދާފައިވާ އޮޕަރޭޓިންގ ސިސްޓަމެކެވެ. އެހެންނަމަވެސް މި ރިޕޯޓްތަކަކީ ހަގީގަތަކަށް ވެއްޖެނަމަ ބޮޑެތި ޑިސްޕްލޭ ހިމެނޭ މިފަދަ އުފެއްދުންތަކުގައި އެންޑްރޮއިޑް އަށް ލިބިފައިވާ މަގުބޫލުކަން ކުޑަވުމުގެ ސަބަބުން މި ލެޕްޓޮޕްވެސް މަގްބޫލުނުވުން ގާތެވެ.

މި ލެޕްޓޮޕްގެ ހާޑްވެއަރ އަށް ބަލާލާއިރު މި ލެޕްޓޮޕް ގައި ބޭނުންކޮށްފައިވަނީ ރެޑްމީ ނޯޓް 8 އަދި ނޮކިއާ 5.3 ފަދަ ފޯނުތަކުގައި ބޭނުންކޮށްފައިވާ ސްނެޕްޑްރެގަން 65 އެވެ. އަދި މި ލެޕްޓޮޕްގައި ހިމެނިފައިވާ ކުއަލްކޮމް ޗިޕް މެދުވެރިކޮށް މި ލެޕްޓޮޕްއިން 4ޖީ ނެޓްވޯކްތަކުގެ ބޭނުން ކުރެވޭނެއެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.