ޓްވިޓަރ އިން ވަނީ އެކުންފުނީގެ ފީ ދައްކާ ކަސްޓަމަރުންނަށް ޓްވީޓެއް ކޮށްލުމަށްފަހު ކުޑަވަގުތުކޮޅެއް ތެރޭގައި އެ ޓްވީޓް އަނބުރާ ގެނެވޭނެ ހިދުމަތެއް ތައާރަފް ކުރަން މަސައްކަތް ކުރަމުންދާކަން ހާމަކޮށްފައިއެވެ.
އެގޮތުން ސޯޝަލް މީޑިއާ ވެބްސައިޓް ތަކުން ހާމަ ނުކުރާ މައުލޫމާތު އެ ވެބްސައިޓް ތަކުގެ ސައިޓް ކޯޑް މެދުވެރިކޮށް ދެނެގަންނަ އެޕްލިކޭޝަން ދިރާސާކުރާ ފަރާތެއް ވަނީ އިމްލާ ކުށަކާއި އެކު އިން ޓްވީޓެއްގައި އަންޑޫ ބަޓަން އެއް ފެންނަ އެނިމޭޝަން އެއް ޓްވީޓްކޮށްފައިއެވެ. މި އެނިމޭޝަން އިން ފެންނަގޮތުގައި މި ބަޓަން ފެންނަން ހުންނަނީ ކުޑަވަގުތުކޮޅަކަށެވެ.
އެކުންފުނީގެ ތަރުޖަމާނަކު ހާމަކޮށްފައިވާ ގޮތުގައި މިހިދުމަތަކީ އެކުންފުނީގެ ސޯޝަލް މީޑިއާ މަންސާގައި ފީދައްކާ ކަސްޓަމަރުންނަށް ދެވިގެންދާނެ ހިދުމަތްތަށް ޓެސްޓްކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ބައެކެވެ. މީގެ އިތުރުން އޭނާ ހާމަކޮށްފައިވާ ގޮތުގައި މުސްތަގްބަލުގައި އެކުންފުނީގެ މަންސަތަކުގައި ފީ ދައްކައިގެން ސަބްސްކްރިޕްޝަން އުސޫލުން އެކިއެކި ހިދުމަތްތަށް ތައާރަފްކުރެވިގެންދާނެއެވެ.
ޓްވިޓަރ އިން ހާމަކޮށްފައިވާ ގޮތުގައި އެކުންފުންޏަށް އިޝްތިހާރު ތަކުން ލިބޭ އާމްދަނީ އަށް ބަރޯސާވުމުގެ ބަދަލުގައި އާމްދަނީ ހޯދުމަށް ސަބްސްކްރިޕްޝަން ހިދުމަތްތަކެއް ތައާރަފް ކުރުމަށް އެކުންފުނިންދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ތެރޭގައި މިއަހަރު އާންމުކުރެވިގެންދާނެ ސުޕަރ ފޮލޯ ހިދުމަތް ފާހަނގަކޮށްލެވެއެވެ. މި ހިދުމަތް މެދުވެރިކޮށް ޓްވިޓަރ ބޭނުންކުރާ ފަރާތްތަކަށް މަލީ މަންފާއެއް ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި