ގްލޯބަލް އެކްސެލެރޭޓާ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު

އިސްމާއިލް އަލީ 06 މާރިޗު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މެލޭޝިއާގެ ގްލޯބަލް އިނޮވޭޝަން އެންޑް ކްރިއޭޓިވިޓީ ސެންޓަރުން އިންތިޒާމުކޮށްގެން ބާއްވާ ވާރޗުއަލް ގްލޯބަލް އެކްސެލެރޭޓަރ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމަކީ އާސިއާން ސަރަހައްދުގައި ވިޔަފާރި ފުޅާކުރުމަށް ބޭނުންވާ ކުންފުނިތަކަށް އަމާޒުކޮށްގެން ބާއްވާ 3 މަސްދުވަހުގެ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ގެ ލޯކަލް ޕަރޓްނަރ އަކީ ސްޕާކް ހަބް އެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތުވަނީ 1 އޭޕްރިލް 2021 ގެ ނިޔަލަށް ހުޅުވާލެވިފައިއެވެ. މި އަހަރުގެ ގްލޯބަލް އެކްސެލެރޭޓަރ ޕްރޮގްރާމްގައި ދިވެހިރާއްޖޭގެ ކުންފުނިތަކަށް ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލާފައިއެވެ. މީގެ ކުރިން މި ޕްރޮގްރާމްގައި ބައިވެރިވެފައިވާ ފަރާތްތަކުން ބުނާގޮތުގައި މި ޕްރޮގްރާމުގެ ޒަރިއްޔާއިން ތަފާތު މައުލޫމާތު ލިބިގެންދިޔަކަމަށެވެ.

މި ވާޗުއަލް އެކްސެލެރޭޓަރ ޕްރޮގްރާމް މެދުވެރިކޮށް ޓެކްނޮލޮޖީއަށް އަހުލުވެރިކުރުވުމާއި ވިޔަފާރީގެ އެކިއެކި މުއާމަލާތްތަކަށް އަލަށް ފަށާ ވިޔަފާރިތަށް އަހުލުވެރިކުރުވޭނެއެވެ. އަދި މީގެ އިތުރުން ފަންނުގެ ތަޖުރިބާކާރުން މެދުވެރިކޮށް މި ޕްރޮގްރާމުގެ ބައިވެރިންނަށް ބޭނުންވާ އެހީ ފޯރުކޮށްދެވޭނެއެވެ.

އިތުރު މައުލޫމާތު

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.