އެޕަލްގެ އައިއޯއެސް 14.5 ބީޓާ ބޭނުންކުރާ ފަރާތްތަކަށް ނޭގި އެފަރާތްތަށް ޓްރެކް ކުރެވޭނަމަ ކުރިއަށްއޮތް ތަނުގައި އެފަރާތްތަކަށް އެކަން އެނގިގެންދާނެއެވެ.
9ޓު5މެކް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި "އައިޓަމް ސޭފްޓީ އެލާޓްސް" ގެ ނަމުގައި އާ ސެކިއުރިޓީ ފީޗާއެއް އައިއޯއެސް 14.5 ބީޓާ އިން ވަނީ ފެނިގެންގޮސްފައިއެވެ. ފައިންޑް މައި އެޕް އަދި އެޕަލްގެ އެއަރޓެގްސް އާއިއެކު އައިޓަމް ސޭފްޓީ އެލާޓްސްއިން އެތަކެތި ބޭނުންކުރާ ފަރާތްތަކާއިއެކު އެފަރާތްތަކަށް ނޭނގޭ އެއްޗެއް ހަރަކާތްތެރިވާނަމަ އަންގައިދޭނެއެވެ.
މި "އަންނޯން އައިޓަމް" ނުވަތަ އެއީ ކޯޗެއްކަން ނޭނގޭ އެއްޗަކީ މި ހިދުމަތްތަށް ބޭނުންކުރާ ފަރާތުގެ އެޕަލް އައިޑީ އަށް ރެޖިސްޓަރ ކުރެވިފައިނުވާ އެއަރޓެގްއެކެވެ. މީގެ ބޭނުމަކީ އެއަރޓެގް ބޭނުންކޮށްގެން ގޮތްނޭގޭ ފަރާތްތަކުން ކަސްޓަމަރުންނަށް ނޭގި އެފަރާތްތަށް ފާރަލާފާނެކަމަށް ހީވެފައިއޮތުމެވެ.
އެޕަލް އިން އަދި އެއަރޓެގްސް އިފްތިތާހުކޮށްފައި ނުވީކަމުގައިވިޔަސް އެއަރޓެގްސް ވެގެންދާނީ އެހެން ބްލޫޓޫތް ޓްރެކަރ ތަކާއި އެއްގޮތް އެއްޗެއްކަމަށް ރިޕޯޓްތައް ބުނެއެވެ. މިތަކެތީގެ އެންމެ މަގްބޫލުކަންބޮޑީ ތަޅުދަނޑި، ވޮލެޓް އަދި މިފަދަ ފަސޭހައިން ގެއްލޭ މުހިންމު ތަކެއްޗާއި އެއްކޮށެވެ.
އެޕްލް އިން އެއަރޓެގްސް ބާޒާރަށް ނެރޭނެ ތާރީހެއް ނޭގުނަސް ޔަގީންވާކަމަކީ އައިއޯއެސް 14.5 ބީޓާ އަށް އިތުރުކުރެވުނު ފައިންޑް މައި އެޕް ފީޗާ އާއިއެކު އަވަސް މުސްތަގްބަލެއްގައި އެއަރޓެގްސް ފެނިގެންދާނެކަމެވެ.
2016 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވެ ތަފާތު ލިޔުން ލިޔެވިފައިވޭ. ޓެކްނޮލޮޖީގެ ހަބަރުތަކަށް މުޅިން އައު ވިޔަސް މި މަސައްކަތް މި ފެށީ ރައްޔިތުންނާއި ހަމަަޔަށް ޓެކްނޮލޮޖީ ހަބަރު ވީ އެންމެ ތާޒާކަމާއިއެކު ގެނެސްދިނުމަށް