މައިކްރޯސޮފްޓް އެކްސްޗޭންޖް ސާވާތައް ބޭނުންކުރާ އެމެރިކާގެ އެތައްހާސް ޖަމާއަތްތަކަށް ހެކަރުންގެ ފަރާތުން ވަނީ ހަމަލާ އަމާޒުވެފައިއެވެ. އެގޮތުން އީމެއިލް އަދި ކަލަންޑަރ އެޕްލިކޭޝަންތައް މެދުވެރިކޮށް ކަސްޓަމަރުންގެ ޕާސްވޯޑްތައް މި ހެކަރުން ވަނީ ހޯދާފައިއެވެ. މައިކްރޯސްފްޓްއިން މި ހަމަލާތަކުން ސަލާމަތްވުމަށް ޕެޗްތަކެއް ނެރެފައިވީ ކަމުގައިވިޔަސް ރިޕޯޓްތައް ބުނާގޮތުގައި މިހާރު އަސަރުކޮށްފައި ސިސްޓަމްތަކަށް މީގެ ބޭނުމެއްނުހިފެއެވެ.
ރިޕޯޓްތައް ބުނާގޮތުގައި އެމެރިކާގެ 30،000 ކަށް ޖަމާއަތަށް މި ހަމަލާގެ އަސަރު ވަނީ ކޮށްފައިއެވެ. އަދި މީގެއިތުރުން ދުނިޔޭގެ އެކިކަންކޮޅު ތަކުގައި ހަރަކާތްތެރިވާ 100،000 ވަރަކަށް ޖަމާއަތަށްވެސް މި ހަމަލާގެ އަސަރުކޮށްފައިވާ ކަމަށްވެއެވެ.
އެމެރިކާގެ ސައިބަރ ސެކިއުރިޓީ އެންޑް އިންފްރާސްޓްރަކްޗަރ ސެކިއުރިޓީ އޭޖެންސީގެ ކުރީގެ ވެރިޔާ ކްރިސް ކްރެބްސް ކޮށްފައިވާ ޓްވީޓެއްގައި އޭނާ ބުނެފައިވަނީ މިހަމަލާތަކަކީ އަސްލު ހަގީގީ ހާލަތުކަމަށެވެ. އެމެރިކާގެ ރައީސް ބައިޑެންގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ ޓްވީޓަކާއި ހަވާލާދީ ކްރެބްސް ޓްވީޓްކޮށްފައިވަނީ ފެބްރުއަރީ 26 އިން މާޗް 3 ކަށް އައުޓްލުކް ވެބް އެކްސެސް ބޭނުންކޮށްފައިވާނަމަ މިހަމާލާގެ އަސަރުކޮށްފައިވުން ގާތްކަމަށެވެ.
މިހަމަލާ ތަކަށްފަހު މައިކްރޯސޮފްޓް އިން ނެރުނު ބަޔާނެއްގައި ވަނީ މިހަމަލާގެ ފަހަތުގައިވަނީ ޗައިނާ ގެ ކުންފުންޏެއް ކަމަށްވާ ހެފްނިއަމް ކަމަށް ތުހުމަތުކޮށްފައިއެވެ. މައިކްރޯސޮފްޓް އެކްސްޗޭންޖް ސާވާތަކަށް ދެވުނު މިހަމަލާތަކަކީ އެމެރިކާ ސަރުކާރުގެ 9 ވުޒާރާއަކާއި 100 ކުންފުނީގެ ސާވާތަކަށް ދެވުނު ހަމަލާތަކެއް ހޯދުނުތާ 3 މަސް ފަހުން އަމާޒުވި ހަމަލާތަކެކެވެ. މި ހަމަލާއަކީ މިހާތަނަށް އެމެރިކާގެ ތާރީހުގައިވެސް ހިނގި އެންމެ ވަރުގަދަ މިފަދަ ހާދިސާ ކަމަށްވެއެވެ. ނަމަވެސް މައިކްރޯސޮފްޓް ސާވާތަކަށް ދެވުނު ހަމަލާތަކަކީ މިއަށްވުރެވެސް ވަރުގަދަ ހަމަލާތަކަކަށްވުން ގާތެވެ.
2016 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވެ ތަފާތު ލިޔުން ލިޔެވިފައިވޭ. ޓެކްނޮލޮޖީގެ ހަބަރުތަކަށް މުޅިން އައު ވިޔަސް މި މަސައްކަތް މި ފެށީ ރައްޔިތުންނާއި ހަމަަޔަށް ޓެކްނޮލޮޖީ ހަބަރު ވީ އެންމެ ތާޒާކަމާއިއެކު ގެނެސްދިނުމަށް