އަންހެނުންނާއި އަންހެން ކުދިން ބާރުވެރިކޮށް އެމީހުނަށް ދިމާވެފައިވާ އިގްތިސޯދީ ގޮންޖެހުންތަކުން އަރައިގަތުމަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް 25 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް ގޫގަލް އިން ވައުދުވެއްޖެއެވެ. މި ވައުދަކީ ގޫގަލްގެ ކުރިއަށްއޮތް އިމްޕެކްޓް ޗެލެންޖެ ގެ ދަށުން ވެފައިވާ ވައުދެކެވެ.
އިމްޕެކްޓް ޗެލެންޖަކީ ގޫގަލް އިން ފައިސާ އައި އެހެނިހެން ގޮތްގޮތުން އެކިއެކި މައްސަލަތަށް ހައްލުކުރުމަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް އެހީވުމަށް ހިންގާ ހަރަކާތެކެވެ. މީގެ ކުރިން ބާއްވާފައިވާ އިމްޕެކްޓް ޗެލެންޖް ތަކުންވަނީ އާޓިފިޝަލް އިންޓެލިޖެންސް އަދި ތިމާވެއްޓަށް އަންނަ ބަދަލުތަށް ފަދަ ކަންކަމަށް އެހީވެފައިއެވެ.
ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާއި ދިމާކޮށް ގޫގަލް އިން ވަނީ އަންހެނުންނަށް ދިމާވާ އިގްތިސޯދީ ގޮންޖެހުންތަކުން އަރައިގަތުމަށް އަދި ވިޔަފާރި ކުރިއެރުވުމަށް ހިންގާ ދަރުމަވެރި މަސައްކަތްތަކުން އެކުންފުނީގެ އިމްޕެކްޓް ޗެލެންޖުގައި ބައިވެރިވުމަށް ފޯމު ހުށަހެޅުމަށް ހުޅުވާލާފައިއެވެ. މި އިއުލާނުގައި އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި އަންހެނުންނާއި ފިރިހެނުންގެ ދެމެދު އޮން ހަމަހަމަކަން ވަރަށް ކުޑައެވެ. އަދި ކޮވިޑް-19 ގެ ސަބަބުން މިކަން އިތުރަށް ގޯސްވެފައިވާ ކަމަށްވެސް އެކުންފުނީގެ ބަޔާނުގައިވެއެވެ.
ގޫގަލްގެ އިމްޕެކްޓް ޗެލެންޖުގައި ބައިވެރިވުމަށް ހުށަހަޅާ ފަރާތްތަކުގެތެރެއިން ފައިސާގެ އެހީ ލިބޭ ފަރާތްތަށް ކަނޑައަޅާނީ ފަނޑިޔާރުންގެ ޕެނަލްއަކުންނެވެ. އަދި މި ޗެލެންޖުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 9 އޭޕްރިލް 2021 އެވެ. މި ޕްރޮގްރާމް ކާމިޔާބު ކުރާ ފަރާތްތަކަށް 300،000 އާއި 2 މިލިއަން އެމެރިކާ ޑޮލަރާއި ދެމެދުގެ އަދަދެއް ލިބިގެންދާނެއެވެ. އަދި މީގެ އިތުރުން ގޫގަލް އިން ފައިސާގެ އެހީ ނޫން އެކި އެހީތަށްވެސް ލިބިގެންދާނެއެވެ.
2016 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވެ ތަފާތު ލިޔުން ލިޔެވިފައިވޭ. ޓެކްނޮލޮޖީގެ ހަބަރުތަކަށް މުޅިން އައު ވިޔަސް މި މަސައްކަތް މި ފެށީ ރައްޔިތުންނާއި ހަމަަޔަށް ޓެކްނޮލޮޖީ ހަބަރު ވީ އެންމެ ތާޒާކަމާއިއެކު ގެނެސްދިނުމަށް