ޔޫއެސްބީ އަށްވުރެ 10 ގުނަ އަވަސް ސިސްޓަމެއް އުފައްދައިފި

އިސްމާއިލް އަލީ 08 މާރިޗު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޔޫއެސްބީ އަށްވުރެ 10 ގުނަ އަވަސް ޑޭޓާ ޓްރާންސްފާ ސިސްޓަމްއެއް އުފައްދައިފިއެވެ. އަލަށް އުފެއްދި މި ވަސީލަތުގައި ބޭނުންކޮށްފައިވާ ހައި ފްރިކުއެންސީ ސިލިކަން ޗިޕްތަށް ގުޅުވާލުމަށް ބޭނުންކޮށްފައިވަނީ އިސްތައްޓެއްގެ ހިމަމިނުގެ ޕޮލިމާ ކޭބަލެކެވެ. މި ސިސްޓަމުގެ ސަބަބުން މުސްތަގްބަލުގައި ޑޭޓާ ސެންޓަރުތަކާއި އެލްކްޓްރޯނިކް ވަސީލަތްތައް ގިނަ ޖައްވީ އުޅަނދުފަހަރު ހިންގުމަށް ފަސޭހަވެގެންދާނެއެވެ.

މި ސިސްޓަމާއި ގުޅޭގޮތުން ކުރެވިފައިވާ ދިރާސާތައް ހުށަހައަޅާފައިވަނީ ފެބްރުއަރީ މަހު ބޭއްވުން އައި.އީ.އީ.އީ ގެ ބައިނަލްއަގްވާމީ ސޮލިޑް-ސްޓޭޓް ސާކިޓްސް ކޮންފަރެންސްގައިއެވެ. މި ދިރާސާ ކުރި ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި ޑޭޓާ ޓްރާންސްފާ ކުރުމަށް ނަގާ ވަގުތު ވީހާވެސް ކުޑަކުރުމަކީ ވާޗުއަލްކޮށް މަސައްކަތްކުރާ ޒަމާނެއްގައި ވަރަށް މުހިންމުކަމެކެވެ. މިފަދަ ވަސީލަތްތަކުގައި އާންމުކޮށް މިހާރު ބޭނުންކުރެވެނީ ރަތުލޯއެވެ. އެހެންނަމަވެސް 100 ގިގަބިޓް އަށްވުރެ މަތިން އަވަހަށް ޑޭޓާ ޓްރާންސްފާ ކުރުމަށް ބޭނުންވާނަމަ ރަތުލޯއިން ހަދާފައިހުންނަ ވަސީލަތްތަކަކީ އެންމެ ފުރިހަމަ ތަކެއްޗެއް ނޫނެވެ. އަދި މިތަކެއްޗަކީ އަގުވެސް ބޮޑު އެއްޗެކެވެ.

ރަތުލޯ ގެ ބަދަލުގައި މިފަދަ ވަސީލަތްތަކުގައި ދެން ބޭނުންކުރެވެނީ ފައިބާ އޮޕްޓިކް ކޭބަލެވެ. ރަތުލޯ އަށްވުރެ ފައިބާ އޮޕްޓިކް ކޭބަލް މެދުވެރިކޮށް ޑޭޓާ ޓްރާންސްފާ ކުރުން އަވަސް ވިޔަސް ސިލިކޯން ޗިޕްތަކާއި މިފަދަ ވަސީލަތްތަށް ގުޅާލުމަކީ ފަސޭހަކަމެއްނޫނެވެ. މި ދިރާސާ ކުރި ފަރާތްތަކުން ހާމަކުރާ ގޮތުގައި ޕޮލިމާ ބޭނުންކޮށްގެން މިފަދަ ވަސީލަތްތަށް ތަރައްގީ ކުރުމުން ރަތުލޯ އަދި ފައިބާ އޮޕްޓިކް ކޭބަލް ބޭނުންކޮށްގެން އުފައްދާ ވަސީލަތްތަކަށްވުރެ ޑޭޓާ ޓްރާންސްފާ ކުރުން އަވަސްވެފައި އަގުވެސް ހެޔޮވެއެވެ. އަދި މިތަކެއްޗައްވުރެ އަލަށް މި އީޖާދުކުރެވުނު ވަސީލަތުގެ ބޭންޑްވިތް ވެސް މައްޗެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.