ފޭސްބުކްގެ އާޓިފިޝަލް އިންޓެލިގެންސް ނިޒާމު ތަމްރީނުކުރުމަށްޓަކައި އިންސްޓަގްރާމަށް އަޕްލޯޑު ކުރެވިފައިވާ އެއްބިލިއަން ފޮޓޯ ބޭނުންކޮށްފިއެވެ. މި ނިޒާމު ތަރައްގީކުރުމަށް ތައްޔާރު ކުރެވުނު އަލްގޮރިތަމްގެ އެހީގައި ފޭސްބުކް އޭ.އައި އަށް އޭގެ އަމިއްލަ ޒާތުގައި ފޮޓޯތައް ދެނެގަތުމަށް ވަނީ ތަމްރީނުކުރެވިފައިއެވެ.
މީގެ ކުރިން މިފަދަ އަލްގޮރިތަމްތައް ތައްޔާރު ކުރެވިފައިވަނީ އިންސާނުން ތައްޔާރު ކުރާމައުލޫމާތުގެ މައްޗަށް ބިނާކޮށެވެ. އެގޮތުން މިފަދަ މައުލޫމާތު ލޭބަލްކުރެވިފައިވަނީ މާ، ބުޅާ، ކުއްތާ ނުވަތަ އެ އޭ.އައި އަކަށް ދަސްކޮށްދޭން ބޭނުންވާ އެއްޗެއްގެ ނަން ޖަހައިގެންނެވެ. މިއާއި ހިލާފަށް އިންސްޓަގްރާމްގެ މި ފޮޓޯތައް ބޭނުންކުރެވިފައިވަނީ އެއްވެސް ވަރަކަށް ލޭބަލް ކުރުމެއް ނެތިއެވެ.
ފޭސްބުކް އިން ރިޕޯޓް ކުރާގޮތުގައި މި ދިރާސާއަށްފަހު އެކުންފުނީގެ އޭ.އައި އަށްވަނީ %84.5 ސައްހަކަމާއިއެކު ފޮޓޯތައް ދެނެގަނެވިފައިއެވެ. ފޭސްބުކްގެ މި ނިޒާމަށް ދެވިފައިވާ ނަމަކީ ސެލްފް ސުޕަވައިޒްޑް އޭ.އައި އެކްސްޕާޓް ނުވަތަ ސީއާރ އެވެ.
2016 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވެ ތަފާތު ލިޔުން ލިޔެވިފައިވޭ. ޓެކްނޮލޮޖީގެ ހަބަރުތަކަށް މުޅިން އައު ވިޔަސް މި މަސައްކަތް މި ފެށީ ރައްޔިތުންނާއި ހަމަަޔަށް ޓެކްނޮލޮޖީ ހަބަރު ވީ އެންމެ ތާޒާކަމާއިއެކު ގެނެސްދިނުމަށް