އެޕަލްގެ މިކްސްޑް ރިއާލިޓީ ހެޑްސެޓް 2022 ގައި އަންނަނީ

މުހައްމަދު ރައްޔާން 09 މާރިޗު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ރިޕޯޓްތައް ބުނާގޮތުގައި އެޕަލް އިން އެކުންފުނީގެ ފުރަތަމަ މިކްސްޑް ރިއާލިޓީ ހެޑްސެޓް 2022 ވަނަ އަހަރުގެ މެދުތެރޭގައި ތައާރަފް ކުރާނެއެވެ. މި އުފެއްދުން ބާޒާރަށް ނެރުމާއިއެކު އެކުންފުނީގެ މުޅިން އާ އުފެއްދުންތަކެއް ވާޗުއަލް ރިއާލިޓީގެ ބާޒާރަށް ނެރެވިގެން ދާނެއެވެ.

މެކްރޫމާޒް އިން ރިޕޯޓް ކުރާގޮތުގައި އެޕަލްގެ މިކްސްޑް ރިއާލިޓީ އަދި އާގުމެންޓެޑް ރިއާލިޓީ އުފެއްދުންތަށް ބާޒާރަށް ނެރޭނީ ތިން ބަޔަކަށް ބަހާލައިގެންނެވެ.

އެގޮތުން މި އުފެއްދުންތަކުގެ ހެލްމެޓް ވައްތަރުގެ ޑިވައިސް ތައް 2022 ވަނަ އަހަރު ބާޒާރަށް ނެރެވިގެން ދާއިރު އައިނު އަދި ކޮންޓެކްޓް ލެންސްތައް ބާޒާރަށް ނެރެވިގެންދާނީ 2025 އަދި 2030 އާއި 2040 ވަނައަހަރު ތެރޭގައިއެވެ. ބެލެވޭ ގޮތުގައި މިދެންނެވުނު ހެލްމެޓް ވައްތަރުގެ އުފެއްދުންތަށް ވެގެންދާނީ އާގުމެންޓެޑް ރިއާލިޓީ އަދި ވާޗުއަލް ރިއާލިޓީ އަށް ހާއްސަ އުފެއްދުންތަކަކަށެވެ. އަދި އައިނު އަދި ލެންސް ތަށް ވެގެންދާނީ އާގުމެންޓެޑް ރިއާލިޓީ އަށް ހާއްސަ އުފެއްދުންތަކަކަށެވެ.

މި ރިޕޯޓްތައް އަދި ޔަގީން ނުވިޔަސް، ޔަގީންވާ ކަމަކީ މި ރިޕޯޓް ތަކުގައި ހުރި ތާރީހުތަކަށް މި އުފެއްދުންތައް ބާޒާރަށް ނުނެރުނަސް އެޕަލް އިން އަވަސް މުސްތަގްބަލެއްގައި މިފަދަ އުފެއްދުންތަކެއް ބާޒާރަށް ނެރޭނެކަމެވެ.

މުހައްމަދު ރައްޔާން

މުހައްމަދު ރައްޔާން

2016 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވެ ތަފާތު ލިޔުން ލިޔެވިފައިވޭ. ޓެކްނޮލޮޖީގެ ހަބަރުތަކަށް މުޅިން އައު ވިޔަސް މި މަސައްކަތް މި ފެށީ ރައްޔިތުންނާއި ހަމަަޔަށް ޓެކްނޮލޮޖީ ހަބަރު ވީ އެންމެ ތާޒާކަމާއިއެކު ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.