ފޭސްބުކްގެ ބާނީ މާކް ޒަކަބާގް ދެކޭގޮތުގައި ސްމާޓް އައިނު މެދުވެރިކޮށް މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް މަސައްކަތް ކުރެވިދާނެއެވެ. އެގޮތުން އޭނާ ހާމަކޮށްފައިވާ ގޮތުގައި 2030 ވަނަ އަހަރު ހިސާބުގައި ސްމާޓް އައިނު މެދުވެރިކޮށް އެކި ތަންތަނަށް އިންސާނުންނަށް "ޓެލެޕޯޓް" ވެ އެތަންތަނުގައި ހާޒިރުވެތިބެ މީހުންނާއި މުހާތަބުކުރާ ބީދައިން މީހުންނާއި މުހާތަބު ކުރެވިދާނެއެވެ.
އޭނާ އިތުރަށް ހާމަކޮށްފައިވާ ގޮތުގައި މީގެ ސަބަބުން ވިޔަފާރި އަދި ހިތްހަމަ ޖައްސާލުމަށް ކުރެވޭ ދަތުރުތަކުގެ އަދަދު މަދުވެގެންދާނެއެވެ. އަދި މީގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް މަސައްކަތްކުރުމަށް އިތުރު ފުރުސަތު ތަކެއް ލިބިގެންދާނެ ކަމަށް ޒަކަބާގް ވަނީ ދި އިންފޯމޭޝަންއަށް ދީފައިވާ ބަސްތީގަތުމެއްގައި ބުނެފައިއެވެ.
އޭނާ އިތުރަށް ފާހަނގަކޮށްފައިވާ ގޮތުގައި ކާރުތަކާއި މަތިންދާބޯޓުތަށް މި ހަލާތުގައި ހަރަކާތްތެރި ވިޔަސް ދަތުރުފަތުރު ކުރުން މަދުވުމުގެ ސަބަބުން މޫސުމަށް ކުރާ ނޭދެވޭ އަސަރުތަށް މަދުވާނެއެވެ. އަދި އޭގެ ސަބަބުން މުޖުތަމައުއަށް އަދި ދުނިޔެއަށް ވެސްގިނަ ފައިދާ ތަކެއް ކުރާނެ ކަމަށް އޭނާ ބުނެފައިވެއެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި