ބިޓްކޮއިންގެ މޫސުމީ މައްސަލަ

އިސްމާއިލް އަލީ 09 މާރިޗު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ކުންފުނިތަކާއި އިންވެސްޓަރުން މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް މަސައްކަތްކުރުން އިތުރުވެފައިވާ ދަނޑިވަޅެއްގައި ބިޓްކޮއިންގެ ކާބަން ފުޓްޕްރިންޓްގެ ސަބަބުން އެ ކުންފުނަޏަށް ދަތިތަކާއި ކުރިމަތިލާން ޖެހިދާނެއެވެ.

ބިލް ގޭޓްސް އާއި ހަވާލާދީ ނިއުޔޯކްޓައިމްސް އިން ރިޕޯޓް ކުރާގޮތުގައި މިގޮތަށް މިހެން މެދުވެރިވާން ދިމާވާ މައިގަނޑު ސަބަބަކީ ބިޓްކޮއިންގެ މުއާމަލާތްތަކަށް ކަރަންޓު ހަރަދު ކުރެވޭ އިންސައްތަ އެހެނިހެން ކްރިޕްޓޯ ކަރަންސީ ތަކަށް ކުރާ މުއާމަލާތްތަކަށް ވުރެ ގިނަވުމެވެ. އެހެންކަމުން ބިޓްކޮއިން އަކީ ތިމާވެއްޓާއި އެހާ ރައްޓެހި އެއްޗެއް ނޫންކަމަށް ބެލުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

މި ކްރިޕްޓޯ ކަރަންސީ އަކީ މިހާރު ވަރަށް މަގްބޫލުވެފައިވާ އެއްޗެކެވެ. އެގޮތުން ޓެސްލާ ފަދަ ކުންފުނިތަކާއި އަމިއްލަ ފަރުދުންވެސް ދަނީ ބިޓްކޮއިން އެއްކުރަމުންނެވެ. ނަމަވެސް ދިރާސާތަކުން ހާމަވާ ގޮތުގައި އަހަރެއްގެ މައްޗަށް ބިޓްކޮއިން މައިން ކުރުމަށް ހޭދަވާ ކަރަންޓުގެ ނިސްބަތް ނިއުޒިލޭންޑް ނުވަތަ އާޖެންޓީނާ ފަދަ ގައުމަކުން އަހަރެއްގެ މައްޗަށް ހޭދަކުރާ ކަރަންޓާއި ނިސްބަތުން އެއްވަރެވެ.

އެގޮތުން ޑޖިކޮނިމިސްޓް އިން ރިޕޯޓް ކުރާގޮތުގައި އެއް ބިޓްކޮއިން މުއާމަލާތަކީ ގާތްގަނޑަކަށް 735،121 ވިސާ މުއާމަލާތް ނުވަތަ 55،280 ގަޑިއިރު ޔޫޓިއުބް ބެލުމާއި އެއްވަރުގެ ކާބަން ފުޓްޕްރިންޓެއް އުފައްދާ މުއާމަލާތެކެވެ.

ކަންމިހެން ހުރިކަމުގައި ވީނަމަވެސް ބިޓްކޮއިންގެ އަގު ދަށެއްނުވެއެވެ. އެގޮތުން މިދިޔަ އަހަރު 8000 ޑޮލަރުގައި ބިޓްކޮއިންގެ އަގު ހުރިއިރު މިހާރު ބިޓްކޮއިންގެ އަގު އުޅެނީ ޓޯކަންއެއް 50000 ޑޮލަރުގައިއެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.