ޓްވީޓްޑެކް އަށް ބޮޑެތި ބަދަލުތަކެއް އަންނަނީ: ޓްވިޓަރ

މުހައްމަދު ރައްޔާން 10 މާރިޗު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޓްވީޓްޑެކްއަށް ބޮޑެތި ބަދަލުތަކެއް ނުގެންނަތާ 10 އަހަރަށްފަހު ޓްވީޓްޑެކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޓްވިޓަރ އިން ހާމަކޮށްފިއެވެ. ޓްވީޓްޑެކަކީ ޓްވިޓަރގެ އާންމު ހުރިހާ ހިދުމަތްތަކުގެ އިތުރަށް ޓްވީޓްތައް ޝެޑިއުލް ކުރުމާއި، ގިނަ އަދަދެއްގެ ޓްވިޓަރ އެކައުންޓް އެއްތާކުން ފެންނާނެ ގޮތަށް ފަރުމާކުރެވިފައިވާ މަންސައެކެވެ.

މި ބަދަލުތައް ގެނައުމަށް މަސައްކަތް ކުރަމުންދާކަން ޓްވިޓަރ އިން ހާމަކޮށްފައިވަނީ ދި ވާޖް އަށް އެކުންފުނީގެ ޗީފް ޕްރޮޑަކްޓް އޮފިސަރ ދިން ބަސްތީގަތުމެއްގައިއެވެ. އެގޮތުން ދި ވާޖް އިން ރިޕޯޓް ކުރާ ގޮތުގައި ޓްވިޓަރ އިން މިދިޔަ ދުވަސްތަކުގައި ޓްވީޓްޑެކަށް މާ ބޮޑު ސަމާލުކަމެއް ދީފައިނުވީނަމަވެސް މިހާރުވަނީ އެކަން ބަދަލުވުމުގެ މަގުމަތީގައިއެވެ.

ޓްވީޓްޑެކަށް ގެނައުމަށް ހަމަޖެހިފައިވާ ބަދަލުތަކުގެ މާ ބޮޑު ތަފްސީލެއް އޭނާ ހާމަކޮށްފައި ނުވީނަމަވެސް އޭނާ ފާހަނގަކޮށްފައިވާ ގޮތުގައި ޓްވީޓްޑެކް އަށް ގެންނަ ބަދަލުތަކަކީ މުޅި މަންސަ އެއްކޮށް ބަދަލުކޮށްލާނެ ކަންތައްތަކެކެވެ. މީގެ އިތުރުން މި މަންސައަށް ގެންނަ ބަދަލުތައް އާންމުކުރާނެ ތާރީހެއް އޭނާ ހާމަނުކުރިނަމަވެސް ބުނެފައިވަނީ އެ ބަދަލުތައް މިއަހަރު ފެނިގެންދާނެ ކަމަށެވެ.

2008 ވަނަ އަހަރު ތައާރަފުކުރެވުނު ޓްވީޓްޑެކް ޓްވިޓާ އިން ގަނެފައިވަނީ 2011 ވަނަ އަހަރުގައިއެވެ. އަދި މިހާރު މި މަންސައިގެ ވެބް އަދި މެކްއޯއެސް އެޕްލިކޭޝަން ވަނީ ތައާރަފްކުރެވިފައިއެވެ. މީގެ އިތުރުން ބްލޫމްބާގް އިން ރިޕޯޓް ކުރާގޮތުގައި ޓްވިޓާ އިން މުސްތަގްބަލުގައި ޓްވީޓްޑެކް ސަބްސްކްރިޕްޝަން ހިދުމަތަކަށް ބަދަލުކުރުމުގެ ވިސްނުންވެސް ގެންގުޅެއެވެ.

މުހައްމަދު ރައްޔާން

މުހައްމަދު ރައްޔާން

2016 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވެ ތަފާތު ލިޔުން ލިޔެވިފައިވޭ. ޓެކްނޮލޮޖީގެ ހަބަރުތަކަށް މުޅިން އައު ވިޔަސް މި މަސައްކަތް މި ފެށީ ރައްޔިތުންނާއި ހަމަަޔަށް ޓެކްނޮލޮޖީ ހަބަރު ވީ އެންމެ ތާޒާކަމާއިއެކު ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.