ވަޓްސްއެޕްގެ ކްލައުޑް ބެކަޕްތަކުގެ ސެކިއުރިޓީ ވަރުގަދަ ކުރުމުގެ ގޮތުން ޕާސްވޯޑް މެދުވެރިކޮށް އެންކްރިޕްޓް ކުރުމަށް ނިންމައިފިއެވެ. ޑަބްލިއު.އޭ ބީޓާ އިންފޯ އިން ވަނީ މި ހިދުމަތް އެންޑްރޮއިޑް އަދި އައިއޯއެސް ގައި ފެނިގެންދާނެ ގޮތުގެ ސްކްރީންޝޮޓްތަކެއް އާންމުކޮށްފައިއެވެ.
މި ސްކްރީންޝޮޓްތަކުގައި ހުރި މައުލޫމާތަށް ބަލާލާއިރު ހުއްދަނެތި ކްލައުޑް ބެކަޕް އަށް އެކްސެސް ވުން ހުއްޓުވުމަށް ޕާސްވޯޑެއް މެދުވެރިކޮށް ކުރިއަށްހުރި ބެކަޕްތަށް އެންކްރިޕްޓް ކުރެވޭނެކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން މި ބެކަޕް ބޭނުންކޮށްގެން އެޕްލިކޭޝަން ރީސްޓޯ ކުރާއިރު ޕާސްވޯޑް ޖަހަންޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި ފޯނު ނަންބަރު ޖެހުމަށާއި 8 ކެރެކްޓާ އަށްވުރެ ކުރުނޫން ޕާސްވޯޑެއްޖެހުމަށްވެސް ލިޔެފައިވެއެވެ. މީގެ އިތުރުން ޕާސްވޯޑް ހަނދާން ނެތިއްޖެނަމަ ވަޓްސްއެޕް އަށް ޕާސްވޯޑް ރެކަވާ ނުކޮށްދެވޭނެކަމަށް އިންޒާރު ދީފައިވެއެވެ.
ވަޓްސްއެޕް ބޭނުންކުރާ ފަރާތްތަކަށް މިހާރުވެސް އެންޑު ޓު އެންޑް އެންކްރިޕްޝަންގެ ހިދުމަތް ލިބެއެވެ. މީގެ ސަބަބުން އެއްފަރާތުން އަނެއް ފަރާތަށް ފޮނުވާ މެސެޖްތައް އެހެން ފަރާތްކަށް ނުފެންނާނެއެވެ. ނަމަވެސް މި އެންކްރިޕްޝަން ގޫގަލް ޑްރައިވް އާއި އައިކްލައުޑް އަށް އަޕްލޯޑު ކުރެވޭ ބެކަޕްތަކަކަށް ނުލިބެއެވެ. އެހެން ކަމުން ޕާސްވޯޑެއް މެދުވެރިކޮށް ޗެޓް ބެކަޕްތައް އެންކްރިޕްޓް ކުރުމުން އެހެން ފަރާތްތަކަށް ހުއްދަ ނެތި މި ތަކެއްޗަށް އެކްސެސް ވުން ހުއްޓުވޭނެއެވެ.
ދި ވާޖް އިން ރިޕޯޓް ކުރާގޮތުގައި ވަޓްސްއެޕް އިން ވަނީ މި އާ ހިދުމަތްތަކާއި ބެހޭގޮތުން މައުލޫމާތު ހާމަކުރުމަށް ދެކޮޅު ހަދާފައިއެވެ. އެހެންނަމަވެސް ޑަބްލިއު.އޭ ބީޓާ އިންފޯ އަކީ އިތުބާރުކުރެވޭ މަސްދަރަކަށް ވުމުން މިހިދުމަތްތަށް މުސްތަގްބަލުގައި އައުމަކީ އެކަށީގެންވާ ކަމެއްކަމަށްވެސް އެނޫހުން ރިޕޯޓް ކުރެއެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި