މައިކްރޯސޮފްޓް އެޖް ލެގަސީ ރިޓަޔަރކޮށްފި

އިސްމާއިލް އަލީ 11 މާރިޗު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މައިކްރޯސޮފްޓް އިން އެކުންފުނީގެ ލެގަސީ އެޖް ބްރައުޒާ އަށް އަޕްޑޭޓްތަށް ފޯރުކޮށްދިނުން ހުއްޓާލައިފިއެވެ. ލެގަސީ އެޖް ހުއްޓާލަން ނިންމިކަން މައިކްރޯސޮފްޓް އިން އެންމެ ފުރަތަމަ އިއުލާން ކޮށްފައިވަނީ އޯގަސްޓް 2020 ގައިއެވެ. އެގޮތުން އޭރު އާންމުކޮށްފައިވާ ގޮތުގައި 9 މާޗް 2021 ގައި މި ބްރައުޒާ އަށް އެކުންފުނިން ފޯރުކޮށްދެމުންދިޔަ ހުރިހާ ހިދުމަތެއް ހުއްޓާލާނެއެވެ.

މި ބްރައުޒާ އަކީ ވިންޑޯޒް 10 އާއިއެކު 2015 ވަނަ އަހަރު ތައާރަފް ކުރެވުނު އެޕްލިކޭޝަނެކެވެ. އެގޮތުން މި އެޕްލިކޭޝަނަށް ފުރަތަމަ ދެވިފައިވާ ނަމަކީ ޕްރޮޖެކްޓް ސްޕާޓަން އެވެ. މިހާރުގެ ކްރޯމިއަމް އިން މެދުވެރިކޮށް ފަރުމާކޮށްފައިވާ އެޖް އާއި ހިލާފަށް އޭރު މި ބްރައުޒާ ތައްޔާރު ކުރެވިފައިވަނީ މުޅިންވެސް މައިކްރޯސޮފްޓްގެ އަމިއްލަ އުފެއްދުންތަކުންނެވެ.

ސްޕާޓަން އަކީ ވިންޑޯޒް 10 ގެ ޑިފޯލްޓް ބްރައުޒާ އަށް ވިޔަސް މައިކްރޯސޮފްޓްގެ އިންޓަނެޓް އެކްސްޕްލޯރާ އާއި އެއްވަރުގެ ކާމިޔާބެއްވެސް މި ބްރައުޒާ އަށް ލިބިފައިނުވެއެވެ. އެގޮތުން މި ބްރައުޒާގެ މަގްބޫލުކަން އޮޕެރާ އަށް ވުރެވެސް ދަށެވެ. މިއާއި ހިލާފަށް މިހާރުގެ ކްރޯމިއަމް ބޭސްޑް އެޖް ވަނީ މާކެޓްގެ ކުރިން ޖާގަހޯދާފައިއެވެ.

އަންނަ މަހުގެ ވިންޑޯޒް އަޕްޑޭޓްގައި ހިމެނޭ ޕެޗެ އެއް މެދުވެރިކޮށް ލެގަސީ އެޖް ވިންޑޯޒް އިން އެއްކޮށް ފޮހެވިގެންދާނެއެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.