ޓްވިޓާ ސްޕޭސަސް އަންނަ މަހު ތައާރަފް ކުރަނީ

މުހައްމަދު ރައްޔާން 12 މާރިޗު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ކްލަބް ހައުސް އާއި ވާދަ ކުރުމަށް ޓްވިޓާ އިން އުފައްދާފައިވާ ޓްވިޓާ ސްޕޭސަސް އާންމުންނާއި ހަމަޔަށް އޭޕްރީލް މަހު އަންނާނެ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ. މީގެ ސަބަބުން ޓްވިޓާ ސްޕޭސަސް ގައި ކޮންމެ މީހަކަށްވެސް އެމީހަކު އަމިއްލައަށް ޓްވިޓާ ސްޕޭސަސް ރޫމް އެއް ހޯސްޓް ކޮށްލެވޭނެއެވެ.

ޓެކްކްރަންޗް އިން ރިޕޯޓް ކުރާ ގޮތުގައި ޓްވިޓާ އިން ވަނީ މި ހަބަރު ޔާގީންކޮށްދީފައިއެވެ. އެގޮތުން ޓްވިޓާ އިން ހާމަކޮށްފައިވާ ގޮތުގައި އެންޑްރޮއިޑް އަދި އައިއޯއެސް ބޭނުންކުރާ ހުރިހާ ފަރާތްތަކަކަށްވެސް މި ހިދުމަތް ލިބިގެންދާނެއެވެ.

ޓްވިޓާ އިން އެކުންފުނީގެ ތަފާތު މީސްމީޑިއާ މަންސަތައް ތަރައްގީކޮށް އާންމުންނާއި ހަމަޔަށް ގެނެސްދޭ މިންވަރު ފަހަކަށްއައިސް ވަނީ ވަރަށް ބޮޑަށް އަވަސްވެފައިއެވެ. އެގޮތުން މަދު ދުވަސްކޮޅެއްގެ ތެރޭގައި ޓްވިޓާ އިން ވަނީ އެކުންފުނީގެ ވޮއިސް ޗެޓް ރޫމް ހިދުމަތް ތައާރަފްކޮށްފައިއެވެ.

މީގެ އިތުރުން ޓްވިޓާ އިން ހާމަކޮށްފައިވާ ގޮތުގައި އެކުންފުނިންއަންނީ ސްޕޭސަސް ގައި މިއުޒިކް ބޭނުންކުރުން ފަދަކަންކަން ފަސޭހަކުރުމަށް މަސައްކަތްކުރަމުންނެވެ. އަދި މީގެ އިތުރުން އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި ސްޕޭސަސްގައި އެކަނި ފެންނަ ގޮތަށް ޓްވީޓް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށްވެސް އެކުންފުނިންދަނީ މަސައްކަތްކުރަމުންނެވެ.

ކޮރޯނާވައިރަސް ގެ ބަލިމަޑުކަމުން ދުނިޔެ ސަލާމަތްވުމާއިއެކު ސްޕޭސަސް ފަދަ ވާޗުއަލް ހިދުމަތްތަކަށް އޮތް ޑިމާންޑް ކުޑަވެދާނެކަމަށް ބެލެވެއެވެ. ނަމަވެސް ޓްވިޓާގެ އެހެނިހެން ހިދުމަތްތަކާއި ގުޅިފައިވާ މަންސައަކަށް ވުމުން ސްޕޭސަސް އާންމުންގެ މެދުގައި ގިނަދުވަސްތަކެއް ވަންދެން މަގްބޫލުކަން ހިފަހައްޓާނެ ކަމަށް ބެލެވެއެވެ.

މުހައްމަދު ރައްޔާން

މުހައްމަދު ރައްޔާން

2016 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވެ ތަފާތު ލިޔުން ލިޔެވިފައިވޭ. ޓެކްނޮލޮޖީގެ ހަބަރުތަކަށް މުޅިން އައު ވިޔަސް މި މަސައްކަތް މި ފެށީ ރައްޔިތުންނާއި ހަމަަޔަށް ޓެކްނޮލޮޖީ ހަބަރު ވީ އެންމެ ތާޒާކަމާއިއެކު ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.