ފޮޓޯޝޮޕްގެ އާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފީޗާއިން ފޮޓޯތަކުގެ ޕިކްސެލް ހަތަރު ގުނައަށް އިތުރުކޮށްދެއެވެ. ސުޕާ ރެޒޮލޫޝަން ގެ ނަމުގައި ތައާރަފް ކުރެވިފައިވާ މި ހިދުމަތް މިހާރު ކެމެރާ ރޯ 13.2 އިން ލިބެން ހުންނާނެއެވެ. އަދި މީގެ އިތުރުން މި ހިދުމަތް ވަރަށް އަވަހަށް ލައިޓްރޫމް އަދި ލައިޓްރޫމް ކްލެސިކް އިން ލިބޭނެއެވެ.
މި ހިދުމަތުގައި ބޭނުންކުރަނީ އެތައްހާސް ފޮޓޯ ބޭނުންކޮށްގެން އުފައްދާފައިވާ މެޝީން ލާނިންގް މޮޑެލް އެކެވެ. އެގޮތުން މި ހިދުމަތް މެދުވެރިކޮށް ފޮޓޯތައް އެންލާޖް ކުރެވޭ އިރު އެ ފޮޓޯތަކުގެ އަސްލު ގެއްލުން ހުއްޓުވައެވެ.
މި ހިދުމަތުގެ ސަބަބުން ކުރީގެ ކެމެރާ ތަކުން ނަގާފައިވާ ފޮޓޯތަކަށް އާ ދިރުމެއް ގެނެސް ދޭނެއެވެ. ނަމަވެސް ފަހުގެ ކެމެރާތަކުން ނަގާ ފޮޓޯތަކަށް މި ހިދުމަތުގެ ސަބަބުން މާބޮޑު ފަސޭހައެއް ނުލިބުނަސް މި ހިދުމަތަކީ ކްރޮޕް ކުރެވިފައިވާ ފޮޓޯތަށް ބޭނުންކޮށްގެން ކުރާ މަސައްކަތްތަކުގައި ބޭނުންތެރި ހިދުމަތަކަށް ވެދާނެއެވެ.
ފޮޓޯޝޮޕްގައި ސުޕާ ރެޒޮލޫޝަން ބޭނުންކުރުމަށް ފޮޓޯއަށް ރައިޓްކްލިކް ކޮށްލުމަށްފަހު އެންހޭންސް ހިޔާރުކުރެއްވުމުން މި ހިދުމަތް ބޭނުންކުރެވޭނެއެވެ. އަދި އެޔަށްފަހު އެންހޭންންސް ކުރެވިގެން ޑިޖިޓަލް ނެގަޓިވް ފޮޓޯ އެއް ލިބިގެންދާނެއެވެ. އެހެނިހެން ފޮޓޯ ފަދައިން މި ފޮޓޯވެސް އެޑިޓް ކުރެވޭނެއެވެ.
ސުޕާ ރެޒޮލޫޝަން އެންމެ ފުރިހަމައަށް މަސައްކަތް ކުރާނީ ކެމެރާ ތަކުން ނެގިފައިވާ ރޯ ފައިލްތަކުގައިއެވެ. އެހެންނަމަވެސް މި ހިދުމަތް މެދުވެރިކޮށް ޖޭޕެގް، ޕީއެންޖީ އަދި ޖިފް ފޯމެޓްތަކުގެ ފޮޓޯތައްވެސް އެންހޭންސް ކުރެވޭނެއެވެ. ނަމަވެސް އަދި މި ހިދުމަތް ލިބިގެންދާނީ 500 މެގަޕިކްސެލް އަށްވުރެ ކުޑަ ފޮޓޯތަކަށެވެ.
2016 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވެ ތަފާތު ލިޔުން ލިޔެވިފައިވޭ. ޓެކްނޮލޮޖީގެ ހަބަރުތަކަށް މުޅިން އައު ވިޔަސް މި މަސައްކަތް މި ފެށީ ރައްޔިތުންނާއި ހަމަަޔަށް ޓެކްނޮލޮޖީ ހަބަރު ވީ އެންމެ ތާޒާކަމާއިއެކު ގެނެސްދިނުމަށް