ނެޓްފްލިކްސް ބޭނުންކުރާ ފަރާތްތަކުން ޕާސްވޯޑް ޝެއާ ކުރުން އިތުރުވެފައިވާތީ އެކުންފުނިން އެކަން ހުއްޓުވުމަށް މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާކަމަށް ހާމަކޮށްފިއެވެ.
އެގޮތުން ނެޓްފްލިކްސް އިން އެ މަންސައިގެ ހިދުމަތް ހޯދާ ފަރާތްތަކުގެ ސްކްރީނަށް އެކައުންޓް ބޭނުންކުރާ މީހާއާ އެކު އުޅޭ މީހަކަށް ނުވާ ނަމަ އަމިއްލަ އެކައުންޓެއް ހުޅުވައިގެން ނޫނީ ނުބެލޭނެ ކަމަށް ބުނާ މެސެޖެއް ފޮނުވާފައިއެވެ.
ނެޓްފްލިކްސް އިން ހާމަކޮށްފައިވާ ގޮތުގައި މިކަމަކީ ނެޓްފްލިކްސް އެކައުންޓްތަށް ބޭނުންކުރަނީ އެ އެކައުންޓު ބޭނުންކުރުމުގެ ހުއްދަ އޮތް މީހެއްތޯ ބެލުމަށާއި ހުއްދަ ނެތް ފަރާތްތަކަށް އެކައުންޓް ބޭނުންކުރުން ހުއްޓުވަން ކުރަމުން އަންނަ މަސައްކަތެކެވެ.
މި މަސައްކަތުގެ ސަބަބުން އަދި ޕާސްވޯޑް ޝެއާ ކުރުން އެއްކޮށް އަދި ހުއްޓުވާނެކަމަކަށް ނުބެލެވެއެވެ. އަދި މި މަސައްކަތުގެ ނަތީޖާއަށް ބަލައި މިފަދަ ގޮތަކަށް ކުރިއަށްއޮތް ތަނުގައި އެކައުންޓް ސެކިއުރީޓީ އަދި ޕާސްވޯޑް ޝެއާ ކުރުން މޮނީޓާ ކުރެވިގެން ހިނގައިދާނެއެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި