ޗައިނާގެ ޓެލެކޮމް ކުންފުނިތަކަކީ ނުރައްކަލެއް - އެމެރިކާ

މުހައްމަދު ރައްޔާން 13 މާރިޗު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ވާވޭ އަދި ޒެޑް.ޓީ.އީ ހިމެނޭ ގޮތަށް ޗައިނާގެ ފަސް ޓެލެކޮމް ކުންފުންޏަކީ އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކާވާ ކުންފުނިތަކެއްގެ ގޮތުގައި އެގައުމުން ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ އެގައުމުގެ ޓެލެކޮމިއުނިކޭޝަންސް އިދާރާ ފެޑެރަލް ކޮމިއުނިކޭޝަންސް ކޮމިޝަނުންނެވެ. އެގޮތުން އެ ކޮމިޝަނުން ހާމަކޮށްފައިވަނީ މި ކުންފުނިތަކުން ފޯރުކޮށްދޭ ހިދުމަތްތަކުގައި އެގައުމަށް ބަލައިގަނޭވަރަށްވުރެ ބޮޑަށް އެގައުމުގެ ގައުމީ ސަލާމާތަށް އަދި އެގައުމުގެ ރައްޔިތުންނަށް ނުރައްކާވާ ކަމަށެވެ.

ވާވޭ އާއި ޒެޑް.ޓީ.އީ ގެ އިތުރުން މި ލިސްޓްގައި ހިމެނެނީ ހައިޓެރާ ކޮމިއުނިކޭޝަންސް ގްރޫޕް، ހަންގްޒޯ ހިކީވިޝަން ޑިޖިޓަލް ޓެކްނޮލޮޖީ އާއި ޑަހުއާ ޓެކްނޮލޮޖީ ކޯ އެވެ. އަދި މިނިންމުމުގެ ސަބަބުން މިކުންފުނިތަކުގެ ސަބްސިޑަރީ ކުންފުނިތަކާއި މި ކުންފުނިތަކާއި ގުޅިފައިވާ އެހެނިހެން ވިޔަފާރިތަކަށްވެސް އަސަރު ކުރާނެއެވެ.

ފެޑެރަލް ކޮމިއުނިކޭޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި މިނިންމުމުގެ ސަބަބުން އެގައުމުގެ ކޮމިއުނިކޭޝަން ނެޓްވޯކްތަކާއިމެދު އާންމުން ކުރާ އިތުބާރު އިތުރު ވެގެންދާނެއެވެ. މީގެ އިތުރުން އެ ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި މި ނިންމުމުގެ ސަބަބުން މުސްތަގްބަލުގައި އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކާ ވާ ޒާތުގެ ކަންކަމުން އެގައުމުގެ މުވާސަލާތީ ނެޓްވޯކް ރައްކާތެރިކުރެވިގެން ދާނެއެވެ.

މުހައްމަދު ރައްޔާން

މުހައްމަދު ރައްޔާން

2016 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވެ ތަފާތު ލިޔުން ލިޔެވިފައިވޭ. ޓެކްނޮލޮޖީގެ ހަބަރުތަކަށް މުޅިން އައު ވިޔަސް މި މަސައްކަތް މި ފެށީ ރައްޔިތުންނާއި ހަމަަޔަށް ޓެކްނޮލޮޖީ ހަބަރު ވީ އެންމެ ތާޒާކަމާއިއެކު ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.