އެޕަލްއިން އޮރިޖިނަލް ހޯމްޕޮޑް ހުއްޓާލަނީ

ޝުޖާޢަތު ރަޝީދު 13 މާރިޗު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އެޕަލްއިން މިހާތަނަށް އުފައްދަމުން އައި އޮރިޖިނަލް ހޯމްޕޮޑް ހުއްޓާލުމައް ނިންމައިފިއެވެ. މިނިންމުން ނިންމާފައިވަނީ މިދިޔަ ހުކުރު (12 މާރިޗު 2021) ދުވަހު އެވެ.

އެޕަލްއިން ބުނަނީ "މިހާރު އެޕަލް އޮންލައިން ފިހާރަ، ރީޓެއިލް އަދި އޮރިޖިނަލް ހޯމްޕޮޑް ވިއްކުމައް ހުއްދަދެވިފައިވާ އެހެނިހެން ފިހާރަތަކުގެ ސްޓޮކް ހުސްވަންދެން އަދިވެސް އޮރިޖިނަލް ހޯމްޕޮޑް ވިއްކާނެއެވެ. ނަމަވެސް އިތުރަށް މި ހޯމްޕޮޑް ނުއުފައްދާނެ" ކަމަށް އެޕަލްއިން ބުންޔެވެ.

އެޕަލް އޮރިޖިނަލް ހޯމްޕޮޑް އަދި ހޯމްޕޮޑް މިނި، އެޕަލް ވެބްސައިޓް

އެޕަލްއިން ނެރުނު ނޫސްބަޔާނުގައި މީގެ އިތުރަށް ބުނެފައިވަނީ މިނިންމުމަކީ "ހޯމްޕޮޑް މިނި އުފެއްދުމައް ޙާއްސަ އަޙައްމިއްޔަތެއްވެސް ދިނުމުގެ ބޭނުމުގައި ނެގިފައިވާ ނިންމުމެއްކަމަށެވެ".

މިހާރު އޮރިޖިނަލް ހޯމްޕޮޑް ގެންގުޅޭ ފަރާތްތަކަށް އެއާއި ގުޅިގެން ސަޕޯޓު އަދި ސޮފްޓްވެއާ އަޕްޑޭޓް އެޕަލް ކެއާ މެދުވެރިކޮށް ލިބޭނެކަމަށްވެސް އެޕަލްއިން ބުނެފައިވެއެވެ.

އެޕަލް ހޯމްޕޮޑް މިނިގެ ފީޗާސް ބަލާލުމަށް


ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.