ވަންޕްލަސްގެ ސްމާޓް ގަޑިއެއް ނެރެނީ

ޝުޖާޢަތު ރަޝީދު 13 މާރިޗު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ވަންޕްލަސްއިން މިމަހު 23 ވަނަ ދުވަހު އައު އުފެއްދުމެއްގެ ގޮތުގައި ވަންޕްލަސް ސީރީސް 9 އެއްގެ ފޯނާއި އެކު ސްމާޓް ގަޑިއެއް ނެރޭނެކަމަށް ޙަބަރު ލިބެއެވެ.

މިދިޔަ އަހަރު ފަހުކޮޅުގައި ވަންޕްލަސްގެ ސީ.އީ.އޯ ޕީޓް ލައު ވިދާޅުވީ "އެދުމަކީ ތެދުވާ އެއްޗެއް" ކަމުގައެވެ. މިކަމަކީ ވަންޕްލަސް ފޯނު ގެންގުޅޭ މީހުން ވަރަށް އުންމީދުކޮށްގެން ތިބިކަމެއް ކަމުގައި ވެއެވެ.

ވަންޕްލަސް އިން ނެރޭ ސަމާޓް ވޮޗް ދެ ސައިޒެއްގައި ނެރޭނެ ކަމަށް ހަބަރުތަށް ދައުރުވި ވެފައި ވެއެވެ. އަދި މީގެ ކުރިން ވަން ޕްލަސް ސީރީސް 8 އާއި އެކު ސްމާޓް ގަޑި ނެރުމަށް ވާހަކަ ދެކެވުނު ނަމަ ވެސް އެކަން ވަނީ ހަޤީގަތަކަށް ނުވެއެވެ.

ވަންޕަލްސް ގެ ރަސްމީ ފޯރަމް ގައި އެކުންފުނީގެ ފަރާތުން ބުނެފައި ވަނީ "ވަންޕަލްސްގެ އާއިލާއަށް ދެން އެންމެ ތާޒާ ބައިވެރިއަކީ، ދުޅަހެޔޮ ކަމާއި، ގަޑިއަށް ފަރުވާތެރިވުމަށް އެހީތެރިވެދިނުމުގެ އިތުރުން ނިދާފައި އޮންނަ އިރުވެސް އަޅާލުން ދޭނެ ބައިވެރި އެއް ކަމެވެ.

ވަންޕަލްސް ސްމާޓްވޮޗް ބާޒާރަށް ނެރޭއިރު އެންމެ ފުރަތަމަ އެ ގަޑި ލިބޭ 9 ފަރާތެއް ހޮވުމަށް ވަންޕްލަސް ފޯރަމްގައި މުބާރާތެއް ވަނީ ފަށާފައެވެ. މުބާރާތުގައި ބައިވެރިވުމަށް ވުމަށް ލިންކް އަށް ފިތާލާށެވެ.

https://forums.oneplus.com/threads/contest-watch-this-space-for-something-new.1396677/

ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.