މިދިޔަ 10 އަހަރު ތެރޭގައި ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުގެ ފިއްތުންތަކާއި ގުޅިގެން 100 އެއްހާ ނޫސް ވަނީ ހިންގުން ހުއްޓާލާފައިއެވެ. ރިޕަބްލިކަން އަދި ޑިމޮކްރެޓުންނަށް ޓެކްނޮލޮޖީގެ ދާއިރާ އިސްލާހު ކުރަން ކުރަންވީ ކަންކަމާއިބެހޭ ގޮތުން އެއްބަސް ނުވެވުނަސް އެ ދެފަރާތަށްވެސް އެއްބަސްވެވޭ އެއްކަމަކީ ކުދި ނޫސްތަށް ސަލާމަތް ކުރަންޖޭހެކަމެވެ.
މިދިޔަ ހުކުރު ދުވަހު އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ ތިރީގޭގެ ޖުޑީޝަރީ ސަބްކޮމެޓީގައި ބޭއްވުނު އަޑު އެހުމެއްގައި ގޫގަލް އާއި ފޭސްބުކް އިން ހަބަރު ފަތުރާއި ގޮތާމެދު ދެކެވުނު ވާހަކަ ތަކަށާއި މިކަމާއި ބެހޭގޮތުން ހުށަހެޅުނު ބިލަކަށް ރިޕަބްލިކަން ޕާޓީގެ ތާއީދު ވަނީ ލިބިފައިއެވެ. މިއީ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކަށް ގާނޫނީ ގޮތުން ދިމާވެދާނެ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. މިފަދަ ކަމެއް ދިމާވާން މެދުވެރިވީ ކުދި އަދި މެދުފަންތީގެ ނޫސްތަކަށް ދިމާވެފައިވާ ދަތިތަކާއި ގުޅިގެން އައި ސިޔާސީ ފިއްތުންތަކުގެ ތެރެއިންނެވެ.
ޖާނަލިޒަމް ކޮމްޕެޓިޝަން އެންޑް ޕްރިޒަވޭޝަން އެކްޓްގެ ނަމުގައި ކޮންގްރެސް އަށް ހުށަހައަޅާފައިވާ ބިލުގެ ސަބަބުން ފޭސްބުކް އަދި ގޫގަލް ފަދަ ކުންފުނިތަކުން ހަބަރުފަތުރާ ކުންފުނިތަކުގެ ހަބަރާއި މައުލޫމާތު ހިއްސާކުރާ ގޮތާއިމެދު މަޝްވަރާކުރުމުގެ މަގު ހުޅުވިގެންދާނެއެވެ.
ކޮންގްރެސް އަށް ގޫގަލް ފަދަ ބިޔަ ކުންފުނިތަކާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް މިހާރު ވަނީ ކުރިއަށްވުރެ ބޮޑަށް މަޖުބޫރުވެފައިއެވެ. އެގޮތުން ޖެނުއަރީ މަހު ގޫގަލް އިން ވަނީ އެކުންފުނީގެ ސާޗް އިންޖީންގެ ހިދުމަތް އޮސްޓްރޭލިއާއަށް ދިނުން ހުއްޓަލަން ޖެހިދާނެ ކަމަށް ބުނެ އިންޒާރު ދީފައިއެވެ. މި އިންޒާރު އެކުންފުނިން ދީފައިވަނީ އޮސްޓްރޭލިއާ އިން ގާނުނެއް މެދުވެރިކޮށް ހަބަރު ފަތުރާ ވަސީލަތްތަކުގެ ހަބަރާއި މައުލޫމާތު ގޫގަލް ފަދަ ކުންފުނިތަކުން ބޭނުންކުރާނަމަ އެ ވަސީލަތްތަކަށް ފީ އެއް ދައްކަން ޖެހޭގޮތަށް ހަދަން މަސައްކަތް ކުރުމުންނެވެ. ފެބްރުއަރީ މަހު މި ބިލް ގާނޫނަކަށް ވުމާއިއެކު ގޫގަލް އިން ވަނީ އަމާންދީ ނިއުސް ކޯ ފަދަ ކުންފުނިތަކާއި އެކު ޑީލްއެއް ހަދާފައިއެވެ.
އޮސްޓްރޭލިއާ ގައި ހިނގާދިޔަ މި ހާދިސާ އަށްފަހު މައިކްރޯސޮފްޓް އިން ވަނީ އޮސްޓްރޭލިއާ އިން ކުރަމުންދާ މަސައްކަތަށް ތާއީދުކޮށް ބަޔާނެއް ނެރެފައިއެވެ. އެ ބަޔާނުގައި އެކުންފުނިން ފާހަނގަކޮށްފައިވާ ގޮތުގައި އެހެން ކުންފުނިތަކުން އޮސްޓްރޭލިއާގެ މާކެޓް ދޫކޮށް ދިއުމަށް އިންޒާރު ދީފައިވީނަމަވެސް އެކުންފުނިން އެފަދަ ކަމެއް ނުކުރާނެ ކަމަށެވެ.
މައިކްރޯސޮފްޓް ގެ ރައީސް ބްރެޑް ސްމިތް ގާނޫނުހަދާ މަޖިލީހުގެ ތިރީގޭގެ ޖުޑީޝަރީ ސަބްކޮމެޓީގައި ބޭއްވުނު އަޑު އެހުމެއްގައި ވަނީ އެ އެމަޖިލީހަށް ޓެކްނޮލޮޖީ ކުންފުނިތަކާއި ގުޅޭގޮތުން ހުށަހެޅިފައިވާ ބިލަށް ތާއީދު ކުރައްވާފައިއެވެ.
މި އަޑުއެހުން ފެށުމުގެ ކުރިން ގޫގަލް އިން މައިކްރޯސޮފްޓް އާއި ދެކޮޅަށް ނެރުނު ބަޔާނެއްގައި އެކުންފުނިން ވަނީ މައިކްރޯސޮފްޓް އިން މަސައްކަތް ކުރަމުންދަނީ ހަމައެކަނި އެކުންފުނީގެ ފައިދާ އަށް ކަމަށް ތުހުމަތު ކޮށްފައިއެވެ. އަދި މިކަމުގެ ސަބަބުން އޯޕަން ވެބް މަސައްކަތްކުރާ ގޮތް ބަދަލުވެގެން ހިނގައިދާނެ ކަމަށްވެސް ގޫގަލް އިން ބުނެފައިވެއެވެ.
ޓެކްނޮލޮޖީގެ ރޮނގުން 19 ވަރަކަށް އަހަރު ހިދުމަތްކޮށްފައިވާ މަލްޓިސްޕެޝަލިސްޓެއް. ލިޔުންތެރިކަމުގެ ރޮނގުން މުޅިން އާ ނުވި ނަމަވެސް ޒަމާންތަކެއް ވަންދެން ހަބަރު ލިޔުމާއި ދުރުގައި އުޅެފައި ޓެކްނިއުސް އަށް ލިޔަން ފަށާފައިވަނީ މިދާއިރާއަށް ޙާއްސަ ނޫހަކަށް ވެފައި މުހިންމު މައުލޫމާތު ތަކެއް ހިއްސާ ކުރުމުގެ ނިޔަތުގައި