އިންޑިއާގައި ކްރިޕްޓޯކަރަންސީ މަނާކުރުމަށް ހުށައަޅައިފި

މުހައްމަދު ރައްޔާން 15 މާރިޗު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އިންޑިއާ ސަރުކާރުގެ އިސްއޮފިޝަލަކާއި ހަވާލާދީ ރޮއިޓާޒް އިން ރިޕޯޓް ކުރާގޮތުގައި އެގައުމުގައި ގާނުނެއް މެދުވެރިކޮށް ކްރިޕްޓޯކަރަންސީ ބޭނުންކުރުން މަނާ ކުރުމުގެ މަސައްކަތް ވަނީ ފަށާފައިއެވެ. އެގޮތުން އެގައުމުގައި ކްރިޕްޓޯކަރަންސީ ގެންގުޅޭ ފަރާތްތަކާއި އޭގެ މުއާމަލާތް ކުރާ ފަރާތްތަކާއި އަދި އެއްވެސް ބާވަތެއްގެ ކްރިޕްޓޯކަރަންސީ އެއް ގެންގުޅޭ ފަރާތްތަށް މި ގާނޫނުގެ ދަށުން ޖޫރީމަނާ ކުރެވިގެންދާނެއެވެ.

މި ގާނޫނަކީ ދުނިޔޭގައި ކްރިޕްޓޯކަރަންސީ އާއި ދެކޮޅަށް ހެދިގެންދާނެ އެންމެ ހަރުކަށި އެއް ގާނޫނެވެ. އެގޮތުން މި ގާނޫނު ފާސްވުމާއިއެކު ކްރިޕްޓޯކަރަންސީ ގެންގުޅުމާއި، ވިޔަފާރިކުރުމާއި އަދި މައިންކުރުމަކީވެސް ކުށެކެވެ. މީގެ ކުރިން ޖެނުއަރީ މަހުގައި އެގައުމުގެ ސަރުކާރުން ވަނީ ޑިޖިޓަލް ކަރަންސީ އާއި ގުޅޭގޮތުން ރަސްމީ ފްރޭމްވޯކް އެއް ގާއިމުކުރެވެންދެން ކްރިޕްޓޯކަރަންސީ އެގައުމުގައި ބޭނުންކުރުން މަނާ ކުރުމަށް ގޮވާލާފައިއެވެ. ނަމަވެސް ފަހުން އެގައުމުގެ ސަރުކާރުގެ ވާހަކަތަށް ހުރި ގޮތުން އިންވެސްޓަރުން އުއްމީދުކޮށްގެން ތިބީ ކަމާއިބެހޭ ފަރާތްތަކުން ހަރުކަށި ފިޔަވަޅެއް ނާޅާނެ ކަމަށެވެ.

އެހެންނަމަވެސް މި ބިލް ގާނޫނަކަށް ވެއްޖެނަމަ ކްރިޕްޓޯކަރަންސީ ގެންގުޅޭ ފަރާތްތަށް ހަމަސް ދުވަސް ތެރޭގައި އެމީހުންގެ މިލްކިއްޔާތުގައި ހުރި ކްރިޕްޓޯކަރަންސީ ލިކުއިޑޭޓް ކުރާށެވެ. ނަންނުޖެހުމަށް ޝަރުތުކޮށް ރޮއިޓާޒް އާއި ވާހަކަދެއްކި އޮފިޝަލް ހާމަކުރާ ގޮތުގައި އެޔަށްފަހު ކްރިޕްޓޯކަރަންސީ ގެންގުޅޭ ނަމަ ފިޔަވަޅު އަޅާނެއެވެ.

ގާނޫނު ހަދާ މަޖިލީހުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޕާޓީއަށް އައުލަބިއްޔަތު އޮތުމުން އެގައުމުގެ ސަރުކާރުގެ އޮފިޝަލުންނަށް މި ބިލް ފާސްވާނެކަމުގެ ޔަގީންކަން އެބައޮތެވެ. މި ބިލް ގާނޫނަކަށް ވެއްޖެނަމަ އިންޑިއާ ވެގެންދާނީ ކްރިޕްޓޯކަރަންސީ މަނާ ކުރާ ފުރަތަމަ އިގްތިސާދީ ބާރަށެވެ. ޗައިނާގައިވެސް ކްރިޕްޓޯކަރަންސީ މައިން ކުރުމާއި ވިޔަފާރިކުރަމަކީ މަނާކަމެކެވެ. ނަމަވެސް އެގައުމުގައިވެސް ކްރިޕްޓޯކަރަންސީ ގެންގުޅޭ ފަރާތްތަކަށް ފިޔަވަޅެއް ނާޅައެވެ.

މުހައްމަދު ރައްޔާން

މުހައްމަދު ރައްޔާން

2016 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވެ ތަފާތު ލިޔުން ލިޔެވިފައިވޭ. ޓެކްނޮލޮޖީގެ ހަބަރުތަކަށް މުޅިން އައު ވިޔަސް މި މަސައްކަތް މި ފެށީ ރައްޔިތުންނާއި ހަމަަޔަށް ޓެކްނޮލޮޖީ ހަބަރު ވީ އެންމެ ތާޒާކަމާއިއެކު ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.