ބިލް ގޭޓްސް ހާމަކުރާ ގޮތުގައި އެމޭޒަންގެ ސީއީއޯ ޖެފް ބެޒޯސް އާއި ޓެސްލާގެ ސީއީއޯ އީލަން މަސްކް ފަދައިން އިންސާނުން ޖައްވަށް ފޮނުވުމަށް އޭނާގެ އެއްވެސް ޝައުގުވެރިކަމެއް ނެތެވެ. ކާރާ ސްވިޝާގެ ސްވޭ ޕޮޑްކާސްޓްގައި ވާހަކަ ދައްކަމުން ބިލްގޭޓްސް ހާމަކޮށްފައިވަނީ ޓެސްލާ މެދުވެރިކޮށް އީލަން މަސްކް ކޮށްފައިވަނީ ވަރަށް މުހިންމު މަސައްކަތްތަކެއް ކަމަށާއި އެކުންފުންޏަކީ މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް ކޮށްދެވިފައިވާ ވަރަށް މުހިންމު ކަމެއްކަމަށެވެ. ނަމަވެސް އޭނާ ހާމަކޮށްފައިވާ ގޮތުގައި އޭނާއަކީ މާސް އާއިމެދު މާބޮޑު ޝައުގުވެރިކަމެއް ހުރި މީހެއްނޫނެވެ. އަދި އޭނާ ގަބޫލުކުރާ ގޮތުގައި ރޮކެޓްތަކަކީ ހައްލެއް ނޫންކަމަށްވެސް މި ޕޮޑް ކާސްޓް ގައި އޭނާ ހާމަކޮށްފައިވެއެވެ.
ބުލޫމްބާގް ގެ ބިލިއަނާޒް އިންޑެކްސް ގައި ހާމަކޮށްފައިވާ ގޮތުގައި މައިކްރޯސްފްޓް ގެ އެއްބާނީ ކަމަށްވާ ބިލް ގޭޓްސް ގެ މިލްކިއްޔާތުގައި 130 ބިލިއަނަށްވުރެ ގިނަ ޑޮލަރު އެބަހުއްޓެވެ. ހައު ޓު އެވޮއިޑް އަ ކްލައިމެޓް ޑިޒާސްޓާ ގެ ނަމުގައި އޭނާ ވަނީ ފޮތެއް ވަރަށް ފަހުން ލިޔެފައިއެވެ. އެގޮތުން މި ޕޮޑް ކާސްޓް ގައި އޭނާ ހާމަކޮށްފައިވާ ގޮތުގައި ދުނިޔޭގައި ހުރި މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް މަސައްކަތް ކުރަންޖެހެއެވެ.
މީގެ އިތުރުން އޭނާ ފާހަނގަކޮށްފައިވާ ގޮތުގައި ޓެސްލާ ފަދަ ކުންފުނިތަކުން ކާރު އުފެއްދުމުގައި ކުރަމުން އަންނަނީ ވަރަށް ފާހަނގަކޮށްލެވޭ މަސައްކަތްތަކެކެވެ. އެހެންނަމަވެސް މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް މަސައްކަތް ކުރުމަށް އެހެން އިންޑަސްޓްރީތަށްވެސް އިސްލާހުކުރަންޖެހޭކަމަށް އޭނާ ހާމަކޮށްފައިވެއެވެ. މީގެ އިތުރުން ބިލް ގޭޓްސް ހާމަކޮށްފައިވަނީ ޖައްވަށް ދިއުމަށް ރޮކެޓަކަށް ހަރަދުކުރުމަށްވުރެ އޭނާ އަށް ރަނގަޅީ މީސަލްސް ފަދަ ބައްޔެއްގެ ވެކްސިންއަކަށް ހަރަދުކުރުން ކަމަށެވެ.
2016 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވެ ތަފާތު ލިޔުން ލިޔެވިފައިވޭ. ޓެކްނޮލޮޖީގެ ހަބަރުތަކަށް މުޅިން އައު ވިޔަސް މި މަސައްކަތް މި ފެށީ ރައްޔިތުންނާއި ހަމަަޔަށް ޓެކްނޮލޮޖީ ހަބަރު ވީ އެންމެ ތާޒާކަމާއިއެކު ގެނެސްދިނުމަށް