ލަންޑަނަށް ހައިޑްރޮޖަން އެމްބިއުލާންސް ތައާރަފްކުރަނީ

އިސްމާއިލް އަލީ 16 މާރިޗު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ހައިޑްރޮޖަން ފިއުލްގެ ތަޖުރިބާކާރަކާއި އެކު އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަނުގައި އެގައުމުގެ ފުރަތަމަ ޒީރޯ އެމިޝަން ހައިޑްރޮޖަން އެމްބިއުލާންސް ތައާރަފްކުރުމަށް މަސައްކަތް ފަށައިފިއެވެ.

ޒެރޯ (ޒީރޯ އެމިޝަން ރެޕިޑް ރެސްޕޯންސް އޮޕަރޭޝަން) ނަމުން ނަން ދެވިފައިވާ މި ޕްރޮޖެކްޓަށް ހަރަދުކުރުމަށް ހަމަޖެހިފައިވަނީ އޮފީސް އޮފް ދި ޒީރޯ އެމިޝަން ވެހިކަލްސް އިންނެވެ. ލަންޑަންގެ އެމްބިއުލާންސް ހިދުމަތާއި އެމްބިއުލާންސް އުފައްދާ ކުންފުނިތަކާއި ގުޅިގެން ހިންގަމުންދާ މި ޕްރޮޖެކްޓްގެ ފުރަތަމަ އެމްބިއުލާންސް ފެނިގެންދާނީ ބާހާރު މޫސުމުގައިއެވެ.

މި ޕްރޮޖެކްޓްގެ ދަށުން އުފައްދާ އެމްބިއުލާންސް ތަކަކީ ވިލާތުގެ އިއްތިހާދުގެ އެމްބިއުލާންސް ސްޓޭންޑަޑް ތަކާއި އެއްގޮތަށް ތައްޔާރުކުރެވޭ ވެކިލަތަކެއްކަން ކަށަވަރުކުރުމަށްޓަކައި މި އެމްބިއުލާންސް ތަކުގެ ހައިޑްރޮޖަން ސަޕްލައި ހަރުކުރެވިފައިވާނީ އެމްބިއުލާންސް ގެ މަތީގައިއެވެ.

މި ޕްރޮޖެކްޓް ކުރިއަށްގެންދާ ކުންފުނިން ހާމަކުރާ ގޮތުގައި ހައިޑްރޮޖަން އެމްބިއުލާންސް ތައާރަފްވުމާއި އެކު ކަރަންޓު ވެހިކަލްތަކުން ނުދެވޭ ހިދުމަތް ދިނުމުގެ ފުރަސަތު ލަންޑަނުގެ އެމްބިއުލާންސް ހިދުމަތަށް ލިބިގެންދާނެއެވެ. އަދި މީގެ އިތުރުން ހައިޑްރޮޖަން އެމްބިއުލާންސްގެ ހިދުމަތް ތަޢާރަފްކުރުމުން އެމްބިއުލާންސް ގެ ފްލީޓްއަށް ފަސޭހަ ހައްލުތަކެއް ލިބިގެންދާނެއެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.