ގެލްކްސީ ނޯޓްގެ އައު ފޯނެއް މިއަހަރު ނުފެނިދާނެ

މުހައްމަދު ރައްޔާން 17 މާރިޗު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އެއްއަހަރެއް ތެރޭގައި 2 ފްލެގްޝިޕް ފޯނު ބާޒާރަށް ނެރުމަކީ ދަތިކަމެއް ކަމަށްބުނެ 2021 ވަނަ އަހަރު ގެލެކްސީ ނޯޓް ފޯނެއް ބާޒާރަށް ނުނެރެވިދާނެ ކަމަށް ސެމްސަންގް ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި އެކުންފުނިން ހާމަކޮށްފިއެވެ.

ސެމްސަންގް އިން މީގެ ކުރިންވަނީ ދުނިޔޭގެ ބާޒާރުގައި ސެމީކޮންޑަކްޓާ މަދުވުމުން އެކަމާއި މެދު ކަންބޮޑުވުން ފާޅުކޮށް މީގެ ސަބަބުން ކުރިއަށްއޮތް ކުއާޓާގައި އެކުންފުނީގެ ވިޔަފާރިއަށް އަސަރުކޮށްފާނެކަން ހާމަކޮށްފައިއެވެ. އެހެންނަމަވެސް ގެލެކްސީ ނޯޓް ފޯނު ބާޒާރަށް ނެރުން ލަސްކުރުން ނުވަތަ 2021 ވަނަ އަހަރު މި މޮޑެލްގެ ފޯނެއް ބާޒާރަށް ނުނެރުމާއި މިކަމާއި ގުޅުމެއް ނެތް ކަމަށް ބްލޫމްބާގް އިން ރިޕޯޓްކުރެއެވެ.

ސެމްސަންގް އިން އެކުންފުނީގެ ގެލެކްސީ އެހެން ފޯނުތަކަށް ސްޓައިލަސް ތައާރަފް ކުރުމަށް ނިންމާފައިވާކަންވެސް މީގެ ކުރިން ވަނީ ހާމަކޮށްފައިއެވެ. މިއާއި އެކު އެކުންފުނިން ނޯޓް ސީރީޒްގެ ފޯނުތަށް ހުއްޓާލުމަށް އުޅެކަމުގެ އަޑުތަކެއް ފެތުރުނެވެ. އެހެންނަމަވެސް ޔޮންހަޕް އިން ރިޕޯޓް ކުރާގޮތުގައި 2021 ވަނަ އަހަރު ނޯޓް ސީރީޒް ގެ ފޯނެއް ބާޒާރަށް ނެރުމަށް ސެމްސަންގް އިންދަނީ މަސައްކަތް ކުރަމުންނެވެ.

މުހައްމަދު ރައްޔާން

މުހައްމަދު ރައްޔާން

2016 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވެ ތަފާތު ލިޔުން ލިޔެވިފައިވޭ. ޓެކްނޮލޮޖީގެ ހަބަރުތަކަށް މުޅިން އައު ވިޔަސް މި މަސައްކަތް މި ފެށީ ރައްޔިތުންނާއި ހަމަަޔަށް ޓެކްނޮލޮޖީ ހަބަރު ވީ އެންމެ ތާޒާކަމާއިއެކު ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.