ޖަޕާނުން އެގައުމުގެ ގައުމީ ޑިޖިޓަލް ކަރަންސީ އެއް ތައާރަފް ކުރުމަށްޓަކައި ކްރިޕްޓޯކަރަންސީ އާއި ގުޅޭ ޕްލޭނެއް އާންމުކުރުމަށް ނިންމާފައިވާކަމަށް އެގައުމުން ހާމަކޮށްފިއެވެ. އެގޮތުން ސެމިނާއެއްގައި ވާހަކަ ދައްކަވަމުން އެގައުމުގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ވިދާޅުވެފައިވަނީ އެގައުމުގެ އަމިއްލަ ޑިޖިޓަލް ކަރަންސީ އެއް އުފެއްދުމަށް މަރުކަޒީ ބޭންކުން މަސައްކަތް ފަށަންޖެހޭ ކަމަށެވެ.
އެގޮތުން އޭނާ ހަމަކޮށްފައިވާ ގޮތުގައި އެގައުމުންދަނީ މިއަހަރު ތެރޭގައި ޑިޖިޓަލް ކަރަންސީ އެއް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ. ސެންޓްރަލް ކްރިޕްޓޯ އެއް ނެރުމަށް ނިންމާފައިވާކަމުގެ އިޝާރަތެއް އޭނާ ދީފައިނުވިއަސް ދިމާވެދާނެ ކޮންމެ ހާލަތަކަށް ތައްޔާރުވެ ތިބެންޖޭހޭ ކަމަށް އޭނާ ހާމަކޮށްފައިވެއެވެ.
މި ނިންމުން އާންކޮށްފައިވަނީ މީގެ ކުރިން އޮކްޓޯބަރ މަހު ޖަޕާނުގެ ސެންޓްރަލް ބޭންކްއިން އިންތިޒާމުކުރި ބައްދަލުވުމެއްގައި ގައުމީ ކްރިޕްޓޯކަރަންސީ އެއް އުފެއްދުމުގެ މުހިންމު ކަމާއި ބެހޭގޮތުން މަޝްވަރާކުރެވިފައިވަނިކޮށެވެ. މި ނިންމުމާއިއެކު ގަވަރުނަރު އައްޔަންކުރާ ޓީމަކުން އޭޕްރިލް މަހުގެ ނިޔަލަށް ޓޯކިޔޯގައި މިމަސައްކަތުގެ ފުރަތަމަ ފިޔަވަހިކަމަށްވާ ބޭސިކް ފަންކްޝަން ޓެސްޓް ނިންމާނެއެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި