އިންސްޓަގްރާމް ބޭނުންކުރާ ކުދިންނަށް އެ މަންސައަކީ ރައްކާތެރި ތަނެއްކަން ކަށަވަރުކޮށްދިނުމަށްޓަކައި އެކުންފުނިން ވަނީ އައު އުސޫލުތަކެއް ގާއިމުކޮށްފައިއެވެ. އެގޮތުން އެ މަންސައިގައި ހަރަކާތްތެރިވާ ބޮޑެތި މީހުންނާއި ކުޑަކުދިންގެ ގުޅުންތަށް މަދުކުރުމަށްޓަކައި އެކުދިން ފޮލޯ ނުކުރާ ބޮޑެތި މީހުންނަށް އެކުދިންނަށް މެސެޖް ނުކުރެވޭނެއެވެ. މީގެ އިތުރުން ކުޑަކުދިން ބޮޑެތި މީހުންނަށް މެސެޖް ކުރާއިރު އެމީހުންނަކީ ޝައްކުކުރެވޭ ފަދަ ބައެއްނަމަ ރައްކާތެރިކަމުގެ މެެސެޖްތައް ދައްކާނެއެވެ.
އެގޮތުން މި ސޭފްޓީ ޕްރޮމްޕްޓް ތަކުން މެސެޖްކުރާ ފަރާތް ރިޕޯޓް ނުވަތަ ބްލޮކް ކުރުމުގެ އިހުތިޔާރު ލިބިގެންދެއެވެ. އިންސްޓަގްރާމް އިން ހާމަކުރާގޮތުގައި މި ހިދުމަތުގެ ސަބަބުން އެ މަންސަ ބޭނުންކުރާ ކުޑަކުދިންނަށް މެސްޖްތަކަށް ޖަވާބުދާރީވުމަށް ފިއްތުންތަކާއި ކުރިމަތިލާން ނުޖެހޭނެ ކަމަށް އެކުންފުނިން ހާމަކުރެއެވެ. މީގެ އިތުރުން ނުދަންނަ މީހުނަށް ޒާތީ މައުލޫމާތާއި ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތި ހިއްސާކުރުމުގައި ފަރުވާތެރިވެވޭނެކަމަށްވެސް އެކުންފުނިން ގަބޫލުކުރެއެވެ.
އިންސްޓަގްރާމް އިން ހާމަކުރާގޮތުގައި މި ޕްރޮމްޕްޓްތަށް ފެންނާނީ އެކުންފުނީގެ މޮޑަރޭޝަން ސިސްޓަމްތަކަށް ބޮޑެތި މީހުންގެ ފަރާތުން ޝައްކުކުރެވޭ ފަދަ އަމަލުތަކެއް ފެނިއްޖެނަމައެވެ. މި ސިސްޓަމް މަސައްކަތް ކުރާގޮތް ހާމަކޮށްފައިނުވީ ނަމަވެސް އެކުންފުނިން ބުނެފައިވަނީ ޝައްކުކުރެވޭ އަމަލުތަކުގެ ގޮތުގައި ބަލާނީ ގިނަ އަދަދަކަށް 18 އަހަރުން ދަށުގެ ފަރާތްތަކަށް ފްރެންޑް ނުވަތަ މެސެޖް ރިކުއެސްޓް ފޮނުވާނަމައެވެ. އިންސްޓަގްރާމް އިން އިތުރަށް ހާމަކޮށްފައިވަނީ ބައެއް ގައުމުތަކަށް މިމަހު މި ހިދުމަތް ލިބިގެންދާނެ ކަމަށާއި އަދި މުޅިދުނިޔެއަށް ވަރަށް އަވަހަށް މި ހިދުމަތް ފޯރުކޮށްދެވޭނެކަމަށެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި