ދުނިޔޭގެ އެންމެ ރެޒޮލޫޝަން ހައި ސެޓެލައިޓް ތައާރަފް ކުރަނީ

އިސްމާއިލް އަލީ 19 މާރިޗު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އާތް އިމޭޖިން ޓެކްނޮލޮޖީގެ ރޮނގުން ކުރިއަރަމުން އަންނަ ޕިކްސެލް އިން ހާމަކޮށްފައިވާ ގޮތުގައި އެކުންފުނީގެ މަސައްކަތްތަށް ފެށުމަށް ބޭނުންވާ 7.3 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް އެކުންފުންޏަށް ލިބިއްޖެއެވެ. އެކުންފުންޏަށް މިކަން ކާމިޔާބުވެފައިވަނީ އޮމްނިވޯ ވީސީ، ޓެކްސްޓާޒް އަދި މި އިންޑަސްޓްރީގެ ކުރިއަރާފައިވާ ފަރާތްތަކުގެ އެހީތެރިކަމާއިއެކުގައިއެވެ. ޕިކްސެލް އަކީ އިންޑިއާގެ ފުރަތަމަ ޕްރައިވެޓް ސްޕޭސް ކުންފުންޏެވެ.

މީގެ އިތުރުން އެކުންފުނިންވަނީ ދުނިޔޭގެ އެންމެ ރެޒޮލޫޝަން މަތި ހައިޕާސްޕެކްޓްރަލް ސެޓެލައިޓް ކޮންސްޓެލޭޝަން ގާއިމުކުރުމަށް މަސައްކަތް ކުރަމުންދާކަން ހާމަކޮށްފައެވެ. އެގޮތުން އެކުންފުނީގެ އެންމެ ފުރަތަމަ ހައިޕާސްޕެކްޓްރަލް ސެޓެލައިޓް ވަރަށް އަވަހަށް ތައާރަފް ކުރެވިގެންދާނެއެވެ.

މިހާރު ބޭނުންކުރެވެމުންދާ މަލްޓިސްޕެކްޓްރަލް ސެޓެލައިޓްތަކާއި އަޅާބަލާއިރު، ޕިކްސެލް ގެ ހައިޕާސްޕެކްޓްރަލް އާތް އިމޭޖިން ސެޓެލައިޓް ތަކުން 50 ގުނަ ގިނަ މައުލޫމާތު ދުނިޔެއަށް ފޮނުވައިދޭނެއެވެ. މީގެ އިތުރުން ޕިކްސެލްގެ ހައިޕާސްޕެކްޓްރަލް ސެޓެލައިޓް ކޮންސްޓެލޭޝަން ބޭނުންކުރަން ފެށުމާއިއެކު ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހިނގާ ކަންކަން 24 ގަޑިއިރު މިހާރަށްވުރެ ކޮލެޓީކޮށް ބަލާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ އިތުރުން މިހާރު ބޭނުންކުރެވެމުންދާ ސެޓެލައިޓް ތަކަށްވުރެ މިހިދުމަތުގެ އަގުވެސް ހެޔޮވާނެއެވެ.

ހައިޕާސްޕެކްޓްރަލް އިމޭޖިން އަކީ ދުނިޔޭގައި މިހާރު ބޭނުންކުރެވެމުންދާ ސެޓެލައިޓް ތަކަށް ނުފެންނަ އެތަކެއް ކަމެއް ފެނުމުގެ ގާބިލުކަން ލިބިފައިވާ ޓެކްނިލޮޖީގެ ވަސީލަތެކެވެ. އެގޮތުން ދަނޑުބިންތަކަށް ގެއްލުންދޭ ސޫފިތަކާއި ދަޑުތަކަށް ޖެހޭ ބަލިތަކާއި، ފެން އަދި ވައި ތަޢައްޔަރުވުން ފަދަ މައްސަލަތަށް ހައްލުކުރުމަށް މި ޓެކްނޮލޮޖީ ބޭނުންކުރެވޭނެއެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.