ބަޒްފީޑް އަށް ލިބިފައިވާ އިންސްޓަގްރާމްގެ އިންޓާނަލް މެމޯތަކަކުން ހާމަވެފައިވާ ގޮތުގައި 13 އަހަރުން ދަށުގެ ކުދިންނަށް ހާއްސަކޮށްގެން ފޭސްބުކް އިން އިންސްޓަގްރާމްގެ އައު ވާޝަން އެއް އުފެއްދުމަށް ވަނީ ނިންމާފައިއެވެ. އިންސްޓަގްރާމްގެ އުސޫލުތަށް މިހާރު ހެދިފައިވާގޮތުން 13 އަހަރުންދަށުގެ ކުދިންނަށް އެ މަންސަ ބޭނުންކުރުން ވަނީ މަނާކޮށްފައިއެވެ.
ބަޒްފީޑް އިން ރިޕޯޓް ކޮށްފައިވާ މެމޯ އެކުންފުނިން ފޮނުވާފައިވަނީ އިންސްޓަގްރާމް ބޭނުންކުރާ ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް އެކުންފުނިން ހާމަކުރިތާ 2 ދުވަސް ފަހުންނެވެ. އެގޮތުން އިންސްޓަގްރާމް އިން ވަނީ "ކޮންޓިނިއުއިން ޓު މޭކް އިންސްޓަގްރާމް ސޭފާ ފޯ ދި ޔަންގަސްޓް މެމްބާޒް އޮފް އާ ކޮމިއުނިޓީ" ގެ ނަމުގައި ބްލޮގް ޕޯސްޓެއް ޝާއިއުކޮށްފައިއެވެ.
މި ޕޯސްޓް ގައި އެކުންފުނިން 13 އަހަރުން ދަށުގެ ކުދިންނަށް އާ މަންސައެއް އުފައްދާ ވާހަކަ ލިޔެފައި ނެތެވެ. މީގެ އިތުރުން މި ޕޯސްޓް ގައި ބަޔާންކޮށްފައިވަނީ އިންސްޓަގްރާމް ބޭނުންކުރާ ކުދިންނަށް 13 އަހަރު ވާންޖެހޭނެ ކަމަށެވެ. ނަމަވެސް މި މަންސަ އަކީ ފުރާވަރު އުމުރުފުރާގެ ކުދިންގެ މެދުގައި މަގްބޫލު މަންސަ އަކަށް ވުމުން އިންސްޓަގްރާމް އިން ދެކޭގޮތުގައި 13 އަހަރުން ދަށުގެ ކުދިންނަކީ އެ މަންސަ އަށް މުހިންމު ބައެކެވެ.
އިންސްޓަގްރާމް ގެ އެޑަމް މޮސޭރީ ބަޒްފީޑްއާއި ވާހަކަ ދައްކަމުން ހާމަކޮށްފައިވަނީ ވަރަށް ގިނަ އަދަދެއްގެ ކުޑަކުދިން އިންސްޓަގްރާމް ފަދަ މަންސަ ތަށް ބޭނުންކުރުމަށް ޝައުގުވެރިވާ ކަމަށެވެ. އެހެންކަމުން އެކުދިންނަށް އެންމެ ފައިދާ ވާނެ ގޮތަކީ އެކުދިންނަށް ހާއްސަކޮށް އިންސްޓަގްރާމްގެ ވާޝަނެއް އުފެއްދުންކަމަށެވެ. އެގޮތުން ބެލެނިވެރިންގެ ބެލުމުގެ ދަށުން ކުޑަކުންދިންނަށް ބޭނުންކުރެވޭނެ މަންސައެއް އުފެއްދުމަށް އެކުންފުނިން ވިސްނަމުންދާކަމަށް އޭނާ ހާމަކޮށްފައިވެއެވެ.
ކުޑަކުދިންނަށް ހާސަކޮށްގެން އިންސްޓަގްރާމްގެ ޕްރޮޑަކްޓެއް އުފެއްދުމުގެ އަޑުތަށް ފެތުރިފައިވާއިރު 2017 ވަނަ އަހަރު އެކުންފުނީގެ މައި ކުންފުނި ފޭސްބުކް އިންވަނީ 6 އަހަރާއި 12 އަހަރާއި ދެމެދުގެ ކުދިންނަށް ހާއްސަކޮށް މެސެންޖާ ފޯ ކިޑްސް ތައާރަފްކޮށްފައިއެވެ.
2016 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވެ ތަފާތު ލިޔުން ލިޔެވިފައިވޭ. ޓެކްނޮލޮޖީގެ ހަބަރުތަކަށް މުޅިން އައު ވިޔަސް މި މަސައްކަތް މި ފެށީ ރައްޔިތުންނާއި ހަމަަޔަށް ޓެކްނޮލޮޖީ ހަބަރު ވީ އެންމެ ތާޒާކަމާއިއެކު ގެނެސްދިނުމަށް