މިޔަންމާ ޑިޖިޓަލް ޑިކްޓޭޓާޝިޕަކާއި ދިމާލަށް މިސްރާބުޖަހައިފި

މުހައްމަދު ރައްޔާން 19 މާރިޗު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މިޔަންމާގެ އަސްކަރީ ބަޢާވާތާއި ދެކޮޅަށް މުޒާހަރާ ކުރަމުންދާ ފަރާތްތަށް ދެނެގަތުމަށްޓަކައި އެގައުމުގެ އަސްކަރިއްޔާއިން ޗައިނާގެ ފޭޝަލް ރެކޮގްނިޝަން ޓެކްނޮލޮޖީ ބޭނުންކުރަމުންދާ ކަމުގެ ބިރުވެރިކަން މުޒާހަރާ ކުރާފަރާތްތަކުގެ މެދުގައި ބޮޑުވެއްޖެއެވެ. އެގޮތުން އެމީހުން ދެކޭގޮތުގައި މިހާރު މިޔަންމާ ދަތުރުކުރަމުންދަނީ ޑިޖިޓަލް ޑިކްޓޭޓާޝިޕަކާއި ދިމާލަށެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ހާމަކުރާގޮތުގައި އާޓިފިޝަލް އިންޓެލިޖްންސް މެދުވެރިކޮށް ރައްޔިތުން އުޅޭނޫޅޭގޮތް ބެލުމަކީ އެމީހުންގެ މިނިވަންކަމަށް އޮތް ބިރެއްކަމަށެވެ. އަސްކަރީ ބަޢާވާތަކުން ފެބްރުއަރީ 1 ގައި މިޔަންމާގެ ސަރުކާރު ބަދަލުކުރިފަހުން 200 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި އެގައުމުގައި މުޒާހަރާތަށް އާންމުވެ މުޒާހަރާތަށް ރޫޅާލުމަށް ހަލަތާއި ނުބައްދަލު ބާރުގެ ބޭނުންކުރުން ވަނީ އިތުރުވެފައިއެވެ.

މިޔަންމާގެ ބޮޑެތި ސިޓީތަށް ކަމަށްވާ ޔަންގޮން އާއި މަންޑަލޭ ފަދަ ސިޓީތަކުގައި މުޒާހަރާތަށް ހުއްޓުވުމަށް ސަލާމާތީ ބާރުތަކުން ވަނީ މަސައްކަތްފަށާފައިއެވެ. މި ސިޓީތަކަކީ ކުށް މަދުކުރުމުގެ ގޮތުން އެތައްސަތޭކަ ސީސީޓީވީ ކެމެރާ ހަރުކުރެވިފައިވާ ސިޓީތަކެކެވެ. ހިއުމަން ރައިޓްސް ވޮޗް އިން ވަނީ މި ކެމެރާތަކާއި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން މުޒާހަރާކުރާ ފަރާތްތަކާއި އަސްކަރިއްޔާއިން ހައްޔަރުކުރުމަށް ބޭނުންވާ އެހެނިހެން މީހުންނަށް ފާރަލައި އެމީހުން ހައްޔަރުކޮށް އަނިޔާކޮށްފާނެތީ ކަންބޮޑުވުން ފާޅުކޮށްފައިއެވެ.

މީގެ އިތުރުން އެ ޖަމްއިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި އެގައުމުގެ ސަރުކާރުން އަންނަނީ މި ވަސީލަތްތަށް ބޭނުންކޮށްގެން މުޒާހަރާކުރާ ފަރާތްތަކަށް ފާރަލައި އެމީހުން ހައްޔަރު ކުރަމުންނެވެ. އަދި މިއީ ނުރައްކާތެރި ޑިޖިޓަލް ޑިކްޓޭޝިޕެއް ކަމަށް އެޖަމިއްޔާއިން ވަނީ ސިފަކޮށްފައިއެވެ. މިޔަންމާ ސަރުކާރުން އާންމުންނަށް ފާރަލުމަށް ބޭނުންކުރަމުންދާ ސާމާނުތަކަކީ ޗައިނާގެ ވާވޭ ކުންފުނީގެ އުފެއްދުންތަކެކެވެ.

މުހައްމަދު ރައްޔާން

މުހައްމަދު ރައްޔާން

2016 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވެ ތަފާތު ލިޔުން ލިޔެވިފައިވޭ. ޓެކްނޮލޮޖީގެ ހަބަރުތަކަށް މުޅިން އައު ވިޔަސް މި މަސައްކަތް މި ފެށީ ރައްޔިތުންނާއި ހަމަަޔަށް ޓެކްނޮލޮޖީ ހަބަރު ވީ އެންމެ ތާޒާކަމާއިއެކު ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.