ކަރުދާހުގައި ލިޔުމުން ހަނދާނުގައި ހުންނަ މިންވަރު އިތުރުވޭ

މުހައްމަދު ރައްޔާން 19 މާރިޗު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޖަޕާނުގެ ޔުނިވާސިޓީ އެއްގެ ދަރިވަރުން ކުރި ދިރާސާއަކުން ދައްކާގޮތުގައި ކަރުދާހުގައި ލިޔެފައި އެ މައުލޫމާތު ގަޑިއެއްހާ އިރު ފަހުން ހަނދާނަށް ގެނައުމަށް މަސައްކަތްކުރުމުން ސިކުނޑި މަސައްކަތްކުރާ މިންވަރު އިތުރުވާ ކަމަށެވެ. އެގޮތުން ދިރާސާކުރާ ފަރާތްތަކުން ހާމަކުރާ ގޮތުގައި ސިކުނޑީގެ މަސައްކަތް އިތުރުވެ ހަދާން ވަރުގަދަ ވުމަށް މެދުވެރިވަނީ ކަރުދާހުގައި ލިޔުމުން ކަމަށް ބެލެވޭ ކަމަށެވެ.

ޑިޖިޓަލް ވަސީލަތްތަށް މެދުވެރިކޮށް މަސައްކަތް ކުރުމުން މަސައްކަތުގެ ފެންވަރު އިތުރުވެ އަވަހަށް މަސައްކަތް ނިމޭކަމަށް ހީވެފައިއޮތަސް މި ދިރާސާގެ ބައިވެރިންގެ މެދުގައި ކުރެވުނު މަސައްކަތްތަކުން ދައްކާގޮތުގައި ކަރުދާހުގައި ލިޔާމީހުން ޓެބްލެޓް ނުވަތަ ސްމާޓް ފޯނު ބޭނުންކުރާ މީހުނަށްވުރެ 25 އިންސައްތަ އަވަހަށް މަސައްކަތް ނިންމައެވެ.

މީގެ އިތުރުން މި ދިރާސާ ކުރިއަށްގެންދިޔަ ޓީމުން ހާމަކުރާގޮތުގައި މައުލޫމާތެއް ހިތުދަސް ކުރުމަށް ބޭނުންވާނަމަ އެންމެ ރަނގަޅު ގޮތަކީ ކަރުދާސް ފޮތް ބޭނުންކުރުމެވެ.

މި ދިރާސާއިން ހާމަވި ގޮތުގައި މިދިރާސާގެ ބައިވެރިންގެ ތެރެއިން ކަރުދާސް ބޭނުންކުރި ބައިވެރިން ގެ ވާހަކަ ދެއްކުން އަދި ފެނުމުގެ ކަންކަމާއި ގުޅޭ ބައިތަކާއި ހަނދާނާގުޅޭ ބައިތަށް ހަރަކާތްތެރިވި ގޮތް އިތުރުވެފައިވެއެވެ. އެގޮތުން ދިރާސާކުރާ ފަރާތްތަކުން ހާމަކުރާގޮތުގައި ޑިޖިޓަލް ވަސީލަތްތަކުގެ ބަދަލުގައި އެނަލޮގް ވަސީލަތްތަށް ބޭނުންކުރުމުން މައުލޫމާތު ހަނދާނުގައި ރައްކާކޮށް އެމައުލޫމާތު ހަނދާނަށް ގެނައުމަށް ފަސޭހަވެއެވެ.

މީގެ އިތުރުންވެސް މިދިރާސާއިން ހާމަވިގޮތުގައި ޑިޖިޓަލް ލިޔެކިޔުމުގައި ހައިލައިޓްކޮށް، ކުރަހައި، އަދި ވާޗުއަލް ސްޓިކީ ނޯޓް ބޭނުންކުރުން ފަދަ ކަންކަން ކުރުމުން އެނަލޮގް ވަސީލަތްތަށް މެދުވެރިކޮށް ހަނދާން ގަދަވާގޮތް ސިކުނޑި އަށް ނަގައިގަނެއެވެ.

މުހައްމަދު ރައްޔާން

މުހައްމަދު ރައްޔާން

2016 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވެ ތަފާތު ލިޔުން ލިޔެވިފައިވޭ. ޓެކްނޮލޮޖީގެ ހަބަރުތަކަށް މުޅިން އައު ވިޔަސް މި މަސައްކަތް މި ފެށީ ރައްޔިތުންނާއި ހަމަަޔަށް ޓެކްނޮލޮޖީ ހަބަރު ވީ އެންމެ ތާޒާކަމާއިއެކު ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.